ނިޒާމީ ވޯޓާއިމެދު މާދަމާ ގޮތެއް ނިންމާއިރު ރީކޯ: މާދަމާ ފެންނާނީ ފުރަތަމަ ޕާޓީ ތެރޭގެ ބަގާވާތްތަ !؟

ގައުމުގައި ވެރިކަންކުރާ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާއިމެދު އެމްޑީޕީގެ ކޮންގްރެސްއިން މާދަމާ ގޮތެއް ނިންމަން އޮތް އިރު އެކަމާއި ތާރީހާއި ގުޅުވައި ރީކޯ މޫސަ ވަރުގަދަ ސުވާލެއް އުފަ...

20 Aug 2022 | 18:20

ގައުމުގައި ވެރިކަންކުރާ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާއިމެދު އެމްޑީޕީގެ ކޮންގްރެސްއިން މާދަމާ ގޮތެއް ނިންމަން އޮތް އިރު އެކަމާއި ތާރީހާއި ގުޅުވައި ރީކޯ މޫސަ ވަރުގަދަ ސުވާލެއް އުފައްދައިފިއެވެ.

އެގޮތުން މޫސަ ވިދާޅުވީ ހަނދާނަށް އަންނަނީ މީގެ 69 އަހަރު ކުރިން އަމީން ދީދީގެ ވެރިކަން ވައްޓާލަން، ހަމަ އޯގަސްޓް މަހެއްގެ ވިހި ވަނަ ރޭ ވެރިކަމުގެ ތެރޭގައި ތިބެ ބަޢާވާތްކުރި މީހުން ބޭއްވި ބައްދަލުވުމުގެ ވާހަކަ ކަމަށެވެ.

"މާދަމާ މިއޮތީ ނިޒާމީ ވޯޓާއިމެދު MDP ގޮތް ނިންމުން، ފުރަތަމަ ޕާޓީ ތެރޭ ބާގާވާތްތާ" މޫސަ ވިދާޅުވެފައިވެއެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު ނިޒާމާއިމެދު ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާއިމެދު އެމްޑީޕީގެ ކޮންގްރެސްގައި ގޮތެއް ނިންމުމަށް ގަރާރެއް ހުށަހަޅާފައިވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީ ކޮންގްރެސް ރެއާއި މިއަދުވެސް ކުރިއަށްގޮސްފައިވާއިރު ރައީސް ނަޝީދު އަންނަނީ އެ ގަރާރު ފާސްކުރެވޭތޯ މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ބޮޑާ ހޭކުމާއި އެ ނޫން ގޮތަކަށް ނިމިއްޖެ ނަމަ ނަތީޖާ ރަނގަޅު ނުވާނޭ ކަމާއި އަދި އެ ނޫން ގޮތަކަށް ނިމިއްޖެ ނަމަ އެމްޑީޕީ ބައިބައިވާނޭ ކަމާއި އަދި އެ ނޫން ގޮތަކަށް ނިމިއްޖެ ނަމަ ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެކަންވެސް ރައީސް ނަޝީދު ގެންދަވަނީ ފާޅުގައި ހާމަކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް