މާފުށީ ކުނިގޮނޑުން 900 ޓަނުގެ ކުނި ނަގައި ތަން ސާފުކޮށްފި

ކ. މާފުށީ ކުނި ގޮނޑު މިއަދު ސާފުކޮށް ނިންމާލައިފި އެވެ. އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ ކުނި ނެގުމުގެ މަސައްކަތް ކުރީ އެ މިނިސްޓްރީ އާއި ވެމްކޯ ގުޅިގެންނެވެ. އެ މިނިސްޓްރީން ބުނީ މާފުށީގެ ކުނިކޮށިނ...

20 Aug 2022 | 16:51

ކ. މާފުށީ ކުނި ގޮނޑު މިއަދު ސާފުކޮށް ނިންމާލައިފި އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ ކުނި ނެގުމުގެ މަސައްކަތް ކުރީ އެ މިނިސްޓްރީ އާއި ވެމްކޯ ގުޅިގެންނެވެ. އެ މިނިސްޓްރީން ބުނީ މާފުށީގެ ކުނިކޮށިން 900 އަށްވުރެ ގިނަ ޓަނުގެ ކުނި އެއްކޮށްފައިވާ ކަމަށެވެ.

އެ ކުނިތައް ގެންދާނީ ތިލަފުއްޓަށެވެ.

ކޮށްޓަ ޖަމާކުރެވި އެތައްދުވަހެއްވީ ކުނިފުނި ފުރަތަމަ ފަހަރަށް އެއްކޮށްހުސްކޮށް ފައި މިވަނީ ނުވަ އަހަރު ފަހުންނެވެ.

ސިނާއީ މުހިއްމު އަދި ގެސްޓްހައުސްތައް ގިނަ ރަށަކަށް ވުމުން މާފުށީގައި މި ކުރެވުނީ މުހިއްމު ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. މާފުށިން ކުނިތައް ނަގައި ސާފުކުރުމަށް 3.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިގޮތަށް ޖަމާވެފައިވާ ކުނިފުނިތަކުގެ މާލެއަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްތަކުން ހުރި ކުނިފުނިތައް ހުސްކުރުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް