ޗައިނާގައި މަސްމަހާމެއްސާއި ކަކުނި ކޮވިޑަށް ޓެސްޓު ހަދަނީ

ޗައިނާގައި މަސްމަހާމެއްސާއި ކަކުނި ކޮވިޑަށް ޓެސްޓު ހަދަން ފަށައިފިއެވެ. ވައިރަލް ވެފައިވާ ވީޑިއޯ އެއްގައި ފެންނަގޮތުގައި ޕީޕީއީ ލައިގެން ތިބި މީހުން ކޮވިޑު ޓެސްޓު ހެދުމަށް ބޭނުންކުރާ އާލާތްތައް ބޭނުން...

20 Aug 2022 | 16:45

ޗައިނާގައި މަސްމަހާމެއްސާއި ކަކުނި ކޮވިޑަށް ޓެސްޓު ހަދަން ފަށައިފިއެވެ.

ވައިރަލް ވެފައިވާ ވީޑިއޯ އެއްގައި ފެންނަގޮތުގައި ޕީޕީއީ ލައިގެން ތިބި މީހުން ކޮވިޑު ޓެސްޓު ހެދުމަށް ބޭނުންކުރާ އާލާތްތައް ބޭނުންކޮށްގެން މަސްތަކާއި ކަކުނިތައް ޓެސްޓު ހަދަމުން ދެއެވެ.

ބައެއް ނޫސްތަކުން ބުނާގޮތުގައި މަސްމަހާމެއްސާއި ކަކުނި ކޮވިޑް ޓެސްޓު ހަދަނީ މި ބަލި އެފަދަ ތަކެތިންވެސް އިންސާނުންގެ ގަޔަށް އެރމުގެ ފުރުސަތު އޮވެދާނެކަމަށް ބަލާފައެވެ.

https://www.instagram.com/reel/ChcMQVpgOLc/?igshid=MDJmNzVkMjY%3D

2019 ވަނަ އަހަރު މުޅި ދުނިޔެއަށް ކުތިމަތިވި އާލަމީ ވަބާ، ކޮވިޑް-19 ފުރަތަމަ ފެނުނީ ވެސް ޗައިނާގެ ވޫހާން ސިޓީންނެވެ.

އެ ބަލީގައި އެތައް ބަޔަކު ދުނިޔެ ދޫކޮށްފައިވާއިރު، އިގްތިސާދީ ގޮތުން ވެސް މުޅި ދުނިޔެ ވަނީ އަނދަވަޅަކަށް ވެއްޓިފައެވެ.

މީގެއިތުރުން އަދިވެސް ކޮވިޑު ޖެހޭ މީހުންގެ އަދަދު ބައެއް ގައުމުތަކުގައި އިތުރުވަމުން އަންނައިރު، އޭގެ ތެރޭގައި ޗައިނާ ވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް