ދެ ރަށެއްގައި ހުރި ޒަމާންވީ އިންޖީނުގެތައް ނައްތާލާ ފެނަކައިން އައު އިންޖީނުގެ ޢިމާރާތްކޮށްފި

ދެ ރަށެއްގައި ހުރި ޒަމާންވީ އިންޖީނުގެތައް ނައްތާލާ ފެނަކައިން އައު އިންޖީނުގެ ޢިމާރާތްކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ ގދ. ނަޑެއްލާ އާއި ހއ. އުލިގަމުގައި ހުރި ޒަމާންވީ އިންޖީނުގޭގެ ބަދަލުގައި އައ...

20 Aug 2022 | 16:28

ދެ ރަށެއްގައި ހުރި ޒަމާންވީ އިންޖީނުގެތައް ނައްތާލާ ފެނަކައިން އައު އިންޖީނުގެ ޢިމާރާތްކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ގދ. ނަޑެއްލާ އާއި ހއ. އުލިގަމުގައި ހުރި ޒަމާންވީ އިންޖީނުގޭގެ ބަދަލުގައި އައު އިންޖީނުގެ އިމާރާތްކޮށްފައިވާ ކަމަށެވެ.

އެގޮތުން ނަޑެއްލާގައި ހުރި 27 އަހަރުވީ އިންޖީނުގޭގެ ބަދަލުގައި އައު އިންޖީނުގެ ހުޅުވާފައިވަނީ މި އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އުލިގަމުގައި ހުރި 26 އަހަރުވީ ބައު އިންޖީނުގޭގެ ބަދަލުގައި އައު އިންޖީނުގެ ހުޅުވާފައިވަނީ މި އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ކަމަށް ވެސް ފެނަކައިން ބުނެއެވެ.

ނަޑެއްލާގައި ކުރިންހުރީ 120 ސްކްއަރ މީޓަރުގެ އިންޖީނުގެއެކެވެ. އައު އިންޖީނުގޭގެ ބޮޑުމިނުގައި 223.80 ސްކްއަރ މީޓަރ ހުންނައިރު، މި އިންޖީނުގޭގައި 4 މުވައްޒަފުން، އޮފީސް އިމާރާތުގައި 25 މުވައްޒަފުން އެކޮމޮޑޭޓް ކުރެވެއެވެ.

އޮފީސް ޢިމާރާތުގައި މީޓިންގ ރޫމް، މެނޭޖަރ ރޫމް، ރިސެޕްޝަން އެންޑް ލޮބީ، ޖެނެރަލް އޮފީސް، ސްޓޯރ ރޫމް، ޕޭންޓްރީ އަދި 4 ފާޚާނާ ހިމެނޭއިރު، އިންޖީނުގޭގައި ޑެގް ރޫމް، ކޮންޓްރޯލް ރޫމް، ވޯކް ޝޮޕް، ސްޓޯރ، ޕޭންޓްރީ، ފާޚާނާ، ޗިމްނީ، ޑޭ ޓޭންކް އަދި ޑީސަން ޓޭންކް ހިމެނެއެވެ.

288 ކވ ކަރަންޓުދެމުން އައި މި އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 538 ކވ އެވެ. އަދި މި އިންޖީނުގެ ފަރުމާކުރެވިފައިވަނީ 400 ކވ ގެ ތިން ޖެން ސެޓް ބެހެއްޓޭގޮތަށެވެ.

އުލިގަމުގައި ގާއިމުކުރި އިންޖީނު އިންޖީނުގޭގެ ބޮޑުމިނުގައި 304.58 ސްކްއަރ މީޓަރު ހުރިއިރު، ކުރިން މިއީ އެންމެ 70 ސްކައަރ މީޓަރުގެ ތަނެކެވެ.

އެރަށުގެ އިންޖީނުގޭގެ އޮފީސް އިމާރާތުގައި 158.26 ސްކްއަރ މީޓަރު ހުރިއިރު، އިންޖީނުގޭގައި 4 މުވައްޒަފުން އަދި އޮފީސް އިމާރާތުގައި 25 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ.

އޮފީސް އިމާރާތުގައި މީޓިންގ ރޫމަކާއި މެނޭޖަރ ރޫމަކާއި ރިސެޕްޝަން އެންޑް ލޮބީ އޭރިއާ އަކާއި ޖެނެރަލް އޮފީސް، ސްޓޯރ ރޫމް، ޕޭންޓްރީ އާއި 4 ފާޚާނާ ހުރެއެވެ.

އިންޖީނުގޭގައި ޑެގް ރޫމަކާއި ކޮންޓްރޯލް ރޫމަކާއި ވޯކް ޝޮޕެއް ވެސް ހުރެއެވެ. އަދި ސްޓޯރ، ޕޭންޓްރީ، ފާޚާނާ، ޗިމްނީ، ޑޭ ޓޭންކް، ޑީސަން ޓޭންކް ވެސް ހުރެއެވެ.

އުލިގަމުގައި ކުރިން ކަރަންޓުދެމުން ގެންދިޔައީ 336 ކވ އިން ނަމަވެސް އައު އިންޖީނުގެއިން 458 ކވ ކެޕޭސިޓީގެ އިންޖީނު ވަނީ ބަހައްޓާފައެވެ. އަދި މި އިންޖީނުގެ ޑިޒައިން ކުރެވިފައިވަނީ 400kw ގެ ތިން ޖެންސެޓް ބެހެއްޓޭގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް