އެއް ދުވަސް އަދި މަސް ދުވަހަށް ބޭނުންކޮށްލެވޭނެހެން އުރީދު މަގޭ ޕަވަރ ޕެކް

ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް މަގޭ ޕަވަރ ޕެކް ގެ ދެ ޑާޓާ ޕެކެއް އުރީދޫ މޯލްޑިވްސް އިން ތައަރާފްކޮށްފިއެވެ. އުރީދޫގެ އައު ސްލޯގަން، "އަޕްގްރޭޑް ޔޯ ވޯލްޑް" ޝިއާރުގެ ދަށުން އަލަށް ތައާރަފްކުރި މ...

20 Aug 2022 | 16:07

ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް މަގޭ ޕަވަރ ޕެކް ގެ ދެ ޑާޓާ ޕެކެއް އުރީދޫ މޯލްޑިވްސް އިން ތައަރާފްކޮށްފިއެވެ.

އުރީދޫގެ އައު ސްލޯގަން، "އަޕްގްރޭޑް ޔޯ ވޯލްޑް" ޝިއާރުގެ ދަށުން އަލަށް ތައާރަފްކުރި މި ދެ ޕެކަކީ މަގޭ ޕަވަރ ޕެކް 50 އަދި މަގޭ ޕަވަރ ޕެކް 500 އެވެ.

މަގޭ ޕަވަރ ޕެކް 50 އަކީ ހަމަ އެންމެ 50 ރުފިޔާއަށް 10 ޖީބީ ލިބިގެންދާ ޑާޓާ ޕެކެކެވެ. ފަސޭހަކަމާއެކު އުރީދޫ އެޕް އިން އެކްޓިވޭޓް ކޮށްލެވޭ މި ޕެކްގައި އެއް ދުވަހުގެ މުއްދަތަށް 10 ޖީބީ ލިބިގެންދާނެއެވެ.

މަގޭ ޕަވަރ ޕެކް 500 އަކީ ހަމަ އެންމެ 500 ރުފިޔާއަށް މުޅި މަސް ދުވަހު ބޭނުން ކުރެވޭނޭހެން 50 ޖީބީ ލިބިގެންދާ ޑާޓާ ޕެކެކެވެ. މި ޕެކްވެސް އުރީދޫ އެޕް އިން ފަސޭހަ ކަމާއެކު އެކްޓިވޭޓް ކޮށްލެވޭނެއެވެ.

އުރީދޫއިން ހާމަކުރައްވާގޮތުގައި މަގޭ ޕަވަރ ޕެކްސް ތަކަކީ އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ދުވަހުގެ އަދި މަސް ދުވަހުގެ ޑާޓާ ފަސޭހަކަމާއެކު އޭގެ އެންމެ ފުރިހަމަ ކަމާއެކު ލިއްބައިދޭނެ ދެ އެޑޮން ޕެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް