އަމީރު ޔާމީނަށް: ދޮގާއި މަކަރު ހެދިޔަސް ހައްދެއް އޮންނަންވާނެ!

މި ސަރުކާރުން ޒުވާނުންނަށް ވަޒީފާ ދިނުމުގެ އުޅެނީ ވަރަށް ފަހަތުގައި ކަަމަށް ވިދާޅުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފި އެވެ. އޭ...

20 Aug 2022 | 15:54

މި ސަރުކާރުން ޒުވާނުންނަށް ވަޒީފާ ދިނުމުގެ އުޅެނީ ވަރަށް ފަހަތުގައި ކަަމަށް ވިދާޅުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފި އެވެ.

އޭނާ މިހެން ވިދާޅުވީ މި ސަރުކާރުން އުފެއްދި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަަކަފުޅަކަށް ރައްދު ދެއްވަ އެވެ. ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެރުވުމަށް ރޭ ބޭއްވި "ހަވާލޭ ވަތަން" ޖަލްސާގައި ވިދާޅުވީ މި ސަރުކާރުގެ ހަތަރު އަހަރުގައި އުފެއްދުނީ އެންމެ ހަތަރު ހާސް ވަޒީފާ ކަމަށެވެ.

އަމީރު ކުރެއްވި ޓުވީޓެއްގައި ވަނީ މިސަރުން އުފައްދާފައިވާ ބައެއް ވަޒީފާތަކުގެ ތަފްސީލް ދެއްވާފަ އެވެ.

އޭނާ ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެމްޓީސީސީން އެކަނިވެސް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި3،973 ވަޒީފާ އުުފައްދާފައިވާ ކަމަށެވެ. އާރުޑީސީ އާއި އެމްޓީސީސީންވެސް މި ހަތަރު އަހަރުގެ ތެރޭގައި5،200 ވަޒީފާ އުފެދުނު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދޮގާއި މަކަރު ހެދުމުގައި ހައްދެއް އޮންނަން ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް