ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފަން ނުވާ ކުދިންނާއި އެކު ބޮލަކަށް250،000 ރުފިޔާގެ ދަރަނި އަޅުވާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ހަވާލޭ ވަތަން" ނަމުގައި ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ މިއަދު ހަނދާން ކުރަން ޖެހެނީ އެމަނިކުފާނުގެ ވެރިކަމުގައި މިހާރުގެ ސަރުކާރުގެ ވެރިން ދަރަންޏާއި ގުޅޭޮތުން ދެއްކި ވާހަކަ ކަމަށެވެ. އެގޮތުން ޔާމީން ސަރުކާރުގައި އުފަން ނުވާ ކުދިންނާއި އެކު80،000 ރުފިޔާގެ ދަރަނި އެޅުވި ކަމަށް ބުނެ ވާހަކަ ދެއްކުމުން ކަންބޮޑުވި ކަމަށް ވިދާޅުވި އެވެ.
އެވާހަކަ މިއަދު ދައްކަން ޖެހޭ ކަމަށާއި މިއަދު އެ އަދަދު ހަމަ އެއުސޫލުން ހިސާބު ޖަހާއިރު250،000 އަށް އަރާނެ ކަމަށް ވިދާޅުވި އެވެ. ޔާމީންގެ ވާހަކަފުޅުގައި ވަނީ ދައުލަތުގެ ދަރަންޏާއި ރިޒާވްގައި ހުރި ފައިސާގެ އަދަދުތައްވެސް ވިދާޅުވެދެއްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރު ހަމައެކަނި ހާމަކުރަނީ ކްރޮސް ރިޒާވް ކަމަށާއި އެއީ ދައުލަތުގެ ރިޒާވް ނޫން ކަމަށެވެ. ކްރޮސް ރިޒާވްގައި ރާއްޖޭގެ ކޮމާޝަލް ބޭންކްތަކުގައި ހުންނަ ރިޒާވާއި ދައުލަތުގެ ރިޒާވް ހިމެނޭނެ ކަމަށެވެ.
ޔާމިން ވިދާޅުވީ ލަފާކުރާ ގޮތުގައި ކާޑު ގަންނަން އެސްޓީއޯއަށް ދޫކުރާ ފައިސާ އާއި ތެޔޮ ގަންނަން ދޫކުރަން ހުރި ފައިސާ ހިމެނޭ ރިޒާވްގައި ހުންނާނެ ކަމަށް ބެލެވެނީ 280 މިލިއަން ޑޮލަރު ކަމަށެވެ. ކުރީ ސަރުކާރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައި 900 މިލިއަން ޑޮލަރާއި، ސަވަރިން ޑެޓް ފަންޑެއްގައި ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ހުރި ކަމަށް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ މިހާރު ވެސް މިސަރުކާރު ނޭވާލަމުން އެދަނީ އިހަށް ދުވަހު ޖިޒީ ދައްކަން ޖެހޭ ދިމާލަކަށް ދިއުމުން 100 މިލިއަން ޑޮލަރު ދޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ. އެ ވިދާޅުވީ އިންޑިއާ ކަމަށް ޔަގީން ކުރެވެ އެވެ.
ޔާމީން ވިދާޅުވީ މިހާރު އިތުރަށް ވިއްކާނެ އެއްޗެއް ނެތް ކަމަށާއި ރަހުނުގައި ބަހައްޓާނެ އިތުރު އެއްޗެއް ވެސްނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް