އަދާލަތު ޕާޓީގެ މެމްބަރުންނަކީ ދީނުގައި ވާގޮތަށް އިހުތިރާމާއި އަހްލާގު ހުންނަ ބަޔަކަށް ވާން ޖެހޭ ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުރިހާ މެމްބަރުންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ ހަރުދަނާ އުސޫލުގައި ހިފަހައްޓައި، އަހްލާގްގައި ފުރިހަމަ އަށް ހިފަހައްޓާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.
އިމްރާން ވިދާޅުވީ ދީނުގައި ވާގޮތަށް އަނެކުންގެހައްގު ތަކަށް އިހުތިރާމް ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. އަދި އަނެކުންނަށް ފުރިހަމައަށް ރެސްޕެކްޓު ކުރާ ބަޔަކަށް ވާން ވާނެ ކަމަށެވެ.
https://twitter.com/ShimranAb/status/1560853313608105984
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް