ރެއަކީ ތާރީހީ ފާހަގަ ކޮށްލަން ޖެހޭ ރެއެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.
ރޭ ވަނީ އިދިކޮޅު ޕީޕީއެމް އާއި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސިޔާސީ ބޮޑު ދެ ހަރަކާތް ބާއްވާފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ޖަލްސާއެއްގައިވެސް ބައިވެރިވި އެވެ.
އެކަން ފާހަގަކޮށް ކުރެއްވި ޓުވީޓެއްގައި ހަބީބު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކަށް ހަަމަހަމަ ކަމާއި އެކީ ސިޔާސީ ހަރަލާތްތައް ހިންގުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ރެއަކީ ފާހަގަ ކޮށްލެވޭ ތ ާރީހީ ރެއެއް ކަމަށް ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ ސިޔާސީ ފަރާތްތަކަށް ހެޔޮ ނަސިބާއި ކާމިޔާބަށް އެދޭ ކަމަށެވެ.
https://twitter.com/IsmailHabeeb/status/1560666251281584129
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް