މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި ކުލަބުތަކުން ރޮނާލްޑޯ ބޭނުންވި ނަމަވެސް އޭނާއަށް ބޮޮޑު މުސާރައެއް ދެވޭނެ ފެންވަރުގެ އެއްވެސް ކުލަބެއް ޖަރުމަން ލީގުގައި ނެތް ކަމަށް ބަޔާން މިޔުނިކްގެ ކޯޗު ޖޫލިއަން ނަގެލްމަން ބުނެފިއެވެ.
ރޮނާލްޑޯ ބަނާން މިޔުނިކާއި އެންމެ ވާދަވެރި ބޮރޫޝިއާ ޑޯޑްމުންޑަށް ބަދަލުުވާން އުޅޭކަމަށް ބުނެ މީޑިއާތަކުގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން ނަގެލްސްމަން ބުނީ ރޮނާލްޑޯ އަކީ އަދިވެސް މޮޅު، ގޯލާއި ރައްޓެހި ކުޅުންތެރިއެއް ކަމަށާއި އެހެން ކަމުން ދުނިޔޭގެ ކޮންމެ ކުލަބަކުން ވެސް ރޮނާލްޑޯ ބޭނުންވާނޭ ކަމަށެވެ. ނަމަވެސް ދިމާވާ އެއްމެ ބޮޑު މައްސަލައަކީ ރޮނާލްޑޮއަށް އޭނާ ބޭނުންވާވަރުގެ ބޮޑު މުސާރައެއް ދެވޭނެ މާލީތަނަވަސްކަން ހުރި ކުލަބެއް ނެތުމެވެ.
ކުލަބުތަކުން ރޮނާލްޑޯއަށް ޝައުޤުވެރި ނުވަނީކީ ނޫންކަމަށާއި މައްސަލައަކީ އޭނާގެ އަގު ބޮޑުވުން ކަމަށް ވެސް ނަގެލްސްމަން ބުންޏެވެ.
" ރޮނާލްޑޯ އަކީ އަދިވެސް ތަފާތު މޮޅު ކުޅުންތެރިއެއް، ލަނޑުޖަހާ ކުޅުންތެރިއެއް. ކުލަބުތަކުން ރޮނާލްޑޯއަށް ޝައުޤުވެރިވެސް ވޭ. އެހެން ނަމަވެސް ދިމާވާ މައްސަލަ އަކީ ރޮނާލްޑޯއަށް ބޮޑު މުސާރައެއް ދޭން ޖެހުން. ރޮނާލްޑޯއަށް އޭނާ ބޭނުންވާ ވަރުގެ މުސާރައެއް ދެވޭނެ ކުލަބެއް ނެތް." ނަގެލްސްމަން ބުންޏެވެ.
ރޮނަލްޑޯ އޭނާގެ މިހާރުގެ ކުލަބު ދޫކޮށްލަން އުޅޭކަމުގެ ވާހަތައް މީޑިއާގައި ގަދަވެފައިވާއިރު، ޔޫރަޕުގެ ބޮޑު އެއްވެސް ކުލަބަކުން ރޮނާލްޑޯ ގެންދިއުމުގެ ޝައުޤުވެރިކަން އަދި މިހާތަނަށް ފާޅުކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް