އެފްވައިއެފްސީ 2022 - މުބާރާތުގެ ޗެމްޕިއަންކަން ކަންމަތި އެސްސީއަށް، ކިންގަކީ އަލީ ހާފިޒް

ލާމު ފޮނަދޫ މެދު އަވަށު ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބޭއްވި ފޯރިގަދަ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖުގެ ތަށި ރޭ ފަސޭހަކަމާއެކު ލެކްރޯސް އެސްސީ ބަލިކޮށް ކަންމަތި އެސްސީން އުފުލާލައިފިއެވެ. އަތޮޅުގ...

20 Aug 2022 | 01:45

ލާމު ފޮނަދޫ މެދު އަވަށު ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބޭއްވި ފޯރިގަދަ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖުގެ ތަށި ރޭ ފަސޭހަކަމާއެކު ލެކްރޯސް އެސްސީ ބަލިކޮށް ކަންމަތި އެސްސީން އުފުލާލައިފިއެވެ.

އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުން ބޭއްވި 3 ވަނަ ފުޓްސަލް މުބާރާތުގެ ތަށި ކަންމަތި އެސްސީން އުފުލާލީ ރޭ ކުޅެވުނު ފޯރިގަދަ ފައިނަލު މެޗުގައި ލެކްރޯސް އެސްސީގެ މައްޗަށް 3 - 0 ގެ ތަފާތަކުން ކުރިހޯދައިގެންނެވެ. މި މުބާރާތުގެ ތަށި ކަންމަތި އެސްސީން ހޯދި ނަމަވެސް، ކުރިން ބޭއްވި ދެ މުބާރާތުގެ ތަށިވެސް ހޯދާފައިވަނީ ލެކްރޯސް އެސްސީންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަންމަތި އެސްސީގެ އިބުރާހީމް މުބީން އަޙުމަދުއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ކަންމަތި އެސްސީގެ ޖޯޒީ ނަމްބަރު 9 އަލީ ހާފިޒް އެވެ. އޭނާ ވަނީ މިމުބާރާތުގައި ޖުމްލަ 20 ލަނޑު ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ވެސް އަލީ ހާފިޒް ހިމެނުނުއިރު އެޓީމުގެ ޒައިދާން އަބުދުﷲ އަދި ލެކްރޯސް އެސްސީގެ އަޙުމަދު ހަލީމް، ހުސެއިން ޝަރީފުގެ އިތުރުން ދެން ހިމެނުނީ ސިކްސް ސެންސް ލާމުގެ މުޙައްމަދު ސޮބާހުއެވެ.

މިމުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ނެވަގިވަޕް އެސްސީއެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ފުޓްސަލް ކިންގަކަށް ހޮވުނީ މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ކަންމަތި އެސްސީގެ ހުނަރުވެރި ފޯވާޑް އަލީ ހާފިޒްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް