ހިޔާ ފްލެޓުގެ އިތުރު 2 ޓަވަރަކަށް މާދަމާ ކަރަންޓު ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ މާދަމާ ކަރަންޓު ދޭނީ ހިޔާ ފްލެޓްގެ ޓަވަރު ތަކުގެތެރެއިން 5 އަދި 6 ވަނަ ޓަވަރަށް ކަމަށެވެ.
https://twitter.com/STELCOMALDIVES/status/1428716359467245569
އެ ކުންފުނިން ކޮންމެދުވަހަކު ވެސް އަންނަނީ ހިޔާ ފުލެޓްތަކުގެ ދެ ޓަވަރަށް ކަރަންޓު ދެމުން ނެވެ.
އެހެންނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ތިން ވަނަ ޓަވަރާއި ހަތަރު ވަނަ ޓަވަރަށް މިއަދުވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭގޮތް ނުވެފަ އެވެ.
ސްޓެލްކޯ އިން ބުނީ އެ ފްލެޓްތަކުގެ ލިފްޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މާދަމާ ކަރަންޓު ދިނުމަށް ނިންމާފައިވާ 5 އަދި 6 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އަންގާނެ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. އަދި އެބޭފުޅަކަށް ޚާއްސަ ކުރެވިފައިވާ ގަޑިއަށް އެފަރާތްތަކަށް ދޫކޮށްފައިވާ ސްލިޕާއި ފްލެޓްގެ ތަޅުދަނޑިއާއެކު، ޓަވަރުތަކަށް ވަޑައިގަތުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެތެރެއިން އެގްރީމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތަކަށް މިހާރު ވަނީ ތަޅުދަނޑި ހަވާލު ކޮށްފައެވެ.
ބައެއް ފްލެޓުތަކުގެ އިންޓީރިއާ މަސައްކަތް މިހާރު ފަށާފައިވާއިރު، މި މަސައްކަތް ނިންމަން ޑިސެމްބަރު މަހުގެ ނިޔަލަށް ފުރުސަތު ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް