މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝިއަންގެ މަގާމަށް ކަނބަލަކު އައްޔަން ކުރައްވައިފި އެވެ.
މި މަގާމަށް އައްޔަން ކުރައްވާފައިވަނީ އައިޝަތު ހަސަން އެވެ.
ޗީފް ސްޓެޓިސްޓީޝަން އަކީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގުމަށް ފަސް އަހަރުގެ މުއްދަތަކަށް ރައީސް އައްޔަނުކުރައްވާ ފަރާތެކެވެ.
ގާނޫނުގެ ދަށުން ޗީފް ސްޓެޓިސްޓިޝަނަކީ އިންތިޚާބު ކުރެވޭ މަގާމެއް، ނުވަތަ ސިޔާސީ މަގާމެއްގައި ހުރި ފަރާތަކަށް ވެގެން ނުވާނެ އެވެ.
އެ މަގާމަށް އައްޔަނުކުރި އައިޝަތު ހަސަން އަކީ އިކޮނޮމިކްސް އަދި މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ނަންގަވައިގެން ހުންނެވި އަދި އިކޯމެޓްރިކްސް ދާއިރާއިން މާސްޓަރޒް ހައްދަވާފައިވާ ފަރާތެކެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަކީ ޖުލައި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ތަފާސްހިސާބާ ގުޅޭ ގާނޫނުގެ ދަށުން ކުރީގެ ނެޝަނަލް ބިއުރޯ އިފް ސްޓެޓިސްޓިކްސްގެ ބަދަލުގައި ވުޖޫދުކުރި މުއައްސަސާއެކެވެ.
އެ މުއައްސަަސާއިން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް