މިރެއިން ފެށިގެން 10 ދުވަހަށް ލަންކާ ލޮކްޑައުން ކުރަން ނިންމައިފި

މިރެއިން ފެށިގެން 10 ދުވަހަށް ލަންކާ ލޮކްޑައުން ކުރަން ނިންމައިފި އެވެ. އެގައުމުގެ ހެލްތު މިނިސްޓްރީން މިގޮތަށް ނިންމީ އެގައުމުގައި އަނެއްކާވެސް ކޮވިޑު ކޭސްތައް އިތުރުވާން ފެށުމާއެކުގަ އެވެ. އަދި މި މ...

20 Aug 2021 | 16:01

މިރެއިން ފެށިގެން 10 ދުވަހަށް ލަންކާ ލޮކްޑައުން ކުރަން ނިންމައިފި އެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން މިގޮތަށް ނިންމީ އެގައުމުގައި އަނެއްކާވެސް ކޮވިޑު ކޭސްތައް އިތުރުވާން ފެށުމާއެކުގަ އެވެ. އަދި މި މަހުގެ 18 ވަނަ ދުވަހު ވަނީ އެގައުމުން ރެކޯޑު އަދަދަކަށް މީހުން ވެސް މަރުވެފަ އެވެ.

އެގޮތުން 187 މީހުން އެދުވަހު ކޮވިޑުގައި މަރުވެފައިވާ އިރު، 3،793 މީހުންނަށް ކޮވިޑު ޖެހިގެން އެދުވަހު ވަނީ ރިޕޯޓު ކޮށްފަ އެވެ. މިއީ މީގެ މަހެއްހާދުވަސް ކުރިން ރިޕޯޓްކުރި ޢަދަދަށްވުރެ ދެ ގުނަ އިތުރު ޢަދަދެކެވެ.

އެކަމާ ގުޅިގެން އެގައުމުގެ ސިއްހީ ޚިދުމަތްތެރިންނާއި ސިޔާސީ ފަރާތްތަކުންނާއި ވިޔަފާރިވެރިން ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ވަގުތުން ލޮކްޑައުން ކުރަން ގޮވާލާފަ އެވެ.

މުޅި ގައުމު ލޮކްޑައުން ކުރުމަށް ނިންމާފައިވީނަމަވެސް ޒަރޫރީ ހުރިހާ ޚިދުމަތެއް ދެމުން ގެންދާނެ ކަމަށް އެގައުމުގެ ކަމާއިގުޅުންހުރި އިދާރާތަކުން ބުނެ އެވެ.

އެގައުމުގައި މިހާރުވެސް ވަނީ ސްކޫލުތަކާއި ޖިމްތަކާއި ސްވިމިންގ ޕޫލްތައް ބަންދުކޮށް، ކައިވެނި ހަފުލާތަކާއި މިއުޒިކް ޝޯވތައް ބޭއްވުން މަނާކޮށްފަ އެވެ.

މީގެ އިތުރުން މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ވަނީ ރޭގަނޑު 10:00 އިން ފަތިހު 4:00 އަށް ކާފިއު ވެސް އިއުލާންކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް