މުޖުތަމަޢުއަށް މެސެޖެއް ދެމުން ޔާމްބެ ޓިކްޓޮކާއި ދުރަށް!

ނަން މަޝްހޫރު ޓިކްޓޮކް ތަރިންގެ ތެރޭގައި ހިމެނޭ އެކަކު ކަމަށްވާ ކުޅަދާނަ އެކްޓަރު މުޙައްމަދު ޔާމިން އަލީ، (ޔާމްބެ)، ޓިކްޓޮކާއި ދުރަށް ޖެހިއްޖެ އެވެ. "ދުވަސް"އަށް ޔާމްބެ ބުނީ، އޭނާ ޓިކްޓޮކް ކުޅުން ހުއް...

20 Aug 2021 | 14:15

ނަން މަޝްހޫރު ޓިކްޓޮކް ތަރިންގެ ތެރޭގައި ހިމެނޭ އެކަކު ކަމަށްވާ ކުޅަދާނަ އެކްޓަރު މުޙައްމަދު ޔާމިން އަލީ، (ޔާމްބެ)، ޓިކްޓޮކާއި ދުރަށް ޖެހިއްޖެ އެވެ.

"ދުވަސް"އަށް ޔާމްބެ ބުނީ، އޭނާ ޓިކްޓޮކް ކުޅުން ހުއްޓާލީ "ހިތް ބޭނުންވީމަ" ކަމަށެވެ. އަދި މިއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

ހެއްވާ މަޖާ ވީޑިއޯތަކާއި ތަފާތު ލަވަތައް އުފެއްދުމަށް މަޝްހޫރުވެފައިވާ ޔާމްބެ ޓިކްޓޮކް ބޭނުން ކުރުން ހުއްޓާލައިފައިވަނީ އިއްޔެ އެވެ. ހުއްޓާލިއިރު އޭނާގެ 23،000 އަށް ވުރެ ގިނަ ފޮލޯވަރުން އެބަ ތިއްބެވެ.

ގިނަ ބަޔަކަށް ކަމުދިޔަ ވެބް ސީރީޒެއް ކަމުގައިވާ "އެހެނަސް" ގައި ވެސް ހަރަކާތްތެރިވެފައިވާ ޔާމްބެ ބުނީ، ޓިކްޓޮކް ކުޅުމުގެ އިތުރުން އެކްޓު ކުރުން ވެސް ހުއްޓާލާފައިވާ ކަމަށެވެ.

މުޖުތަމަޢުއަށް ދޭން ބޭނުންވާ މެސެޖަކީ ﷲއާ ގާތް ގުޅުމެއް ބޭއްވުން މުހިންމު ކަމަށާއި އެކަކު އަނެކަކަށް ހިތް ހެޔޮ ބަޔަކަށް ދިވެހިން ވުން އެދޭ ކަމަށް އޭނާ ބުންޏެވެ.

"އަސްލުގައި މިކަމުގެ ސަބަބުން ދީނީ އަޅުކަމާ ވެސް ވަރަށް ބޮޑަށް އެބަ ދުރުވެވޭ" ޔާމްބެ ބުންޏެވެ.

މިހާރު ބޭނުންވަނީ އެކަން އިސްލާހުކޮށް ރިވެތި ގޮތުގައި އުޅުން ކަަަމަށް ވެސް ޔާމްބެ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް