މީއީ އަޝްފާގުގެ ފަހު މުބާރާތަށް ވާން ބޭނުމެއް ނޫން: ސުޒޭން

ސައުންތު އޭޝިއާގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްގާފް (ދަގަނޑޭ)ގެ އެންމެ ފަހު ސާފް ޗެމްޕިއަންޝިޕް މިމުބާރާތް ވާން ބޭނުން ނުވާކަމަށް ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް އަލީ ސުޒޭން ވިދާ...

20 Aug 2021 | 11:39

ސައުންތު އޭޝިއާގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްގާފް (ދަގަނޑޭ)ގެ އެންމެ ފަހު ސާފް ޗެމްޕިއަންޝިޕް މިމުބާރާތް ވާން ބޭނުން ނުވާކަމަށް ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް އަލީ ސުޒޭން ވިދާޅުވެއްޖެ އެވެ.

ކޯޗް ޢަލީ ސުޒޭން ވިދާޅުވީ އަޝްފާގަށް ގައުމީ ޓީމަށް ކުޅެވޭ ވަރުވާނަމަ، އެއީ ރާއްޖޭގެ އެންމެ ނުރައްކާތެރި ފޯވަރޑް ކަމަށެވެ. އަދި އަޝްފާގްގެ ފަހު ފެނިލުމަށް ވުރެ ގައުމީ ޓީމަށް ވީހާވެސް ގިނަ މެޗް ކުޅޭތަން ފެނުމަކީ ރާއްޖޭގެ އެންމެން ވެސް އެދޭނެ ގޮތް ކަމަށާއި އެގޮތުން އޭނާ ވެސް ބޭނުންވަނީ އެގޮތްކަމަށް ސުޒައިން ވަނީ ވިދާޅުވެފަ އެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ސާފް މުބާރާތުގައި ކުޅެފައިވާ އަދި ރާއްޖެއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.

ސުޒައިން މިފަދައިން ވިދާޅުވެފައިވާ އިރު، އެފްއޭއެމްގެ ރައީސް ބައްސާލް އަދީލް ޖަޖީލު މީގެކުރިން ވިދާޅުވެފައިވަނީ އުމުރުން 35 އަހަރުގެ ދަގަނޑޭއަށް މިއީ އެންމެ ފަހުގެ ސާފް ޗެންޕިއަންޝިޕަށް ވެސް ވެދާނެކަމަށެވެ. އަދި މިމުބާރާތަށް ރަނގަޅަށް ފިޓްވުމަށް ވެސް އަޝްފާގުގެ ކިބައިން ބައްސާމް ވަނީ އެދިވަޑައިގެންފަ އެވެ.

2008 ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި އިރު ވެސް އަޝްފާގު ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް