އުމުރުން އެންމެ 10 އަހަރުގެ ރަޔާން ރިޔާޒް އަބްދުލް ވާހިދު އައިޖީސީއެސްސީ އިމްތިހާންގައި ބައިވެރިވެ ކެމިސްޓްރީން އޭ ސްޓާއެއް ހޯދުމުން އެ ދަރިވަރަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ މުއައްސަސާގެ ފޮރެންސިކް ލެބޯޓްރީގައި މަސައްކަތް ކުރުމުގެ ފުރުސަތު ދީފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި ރަސްމީ ޓްވީޓެއްގައި ވިދާޅުވީ "ޖީނިއަސް ރަޔާން"އަށް ފުލުހުންގެ މުއްސަސާއިން މަރުހަބާ ކިޔާ ކަމަށެވެ.
ރަޔާންގެ މަސައްކަތައް ހިތްވަރުދީ ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައިލުމުގެ ފުރުސަތު ދީފައިވެ އެވެ. އަދި ލެބޯޓްރީގެ ބައެއް މަސައްކަތްތައް ތަޖުރިބާކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
https://twitter.com/PoliceMv/status/1428565510484942853
ކުރިއަށް އޮތްތަނުގައި ވެސް އިތުރު ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދީފައިވާއިރު، ރަޔާން ހޯދި ކާމިޔާބީއަކީ އެންމެން ވެސް ފަހުރުވެރިވާފަދަ ކާމިޔާބީއެއް ކަމަށް ފުލުހުން ވިދާޅުވި އެވެ.
ހއ. އިހަވަންދޫއަށް ނިސްބަތްވާ ރަޔާން މިވަގުތު ތައުލީމު ހާސިލްކުރަމުންދަނީ ހުރަވީ ސްކޫލްގެ ގްރޭޑް 5 ގަ އެވެ.
އެއީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ނަމަވެސް ވަރަށް ތޫނުފިލި ކުއްޖެއް ކަމަށް ހުރަވީ ސްކޫލްގެ ޓީޗަރުން ފާހަގަކުރެ އެވެ.
ސައިންސްގެ ކަންކަން ދެނެގަތުމަށް ރަޔާންގެ ޚާއްސަ ޝައުގުވެރިކަމެއް ހުންނަ ކަމަށް ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް