ބޭނުން ނުކޮށް ބާކީ ހުރި ރެވެނިއުސްޓޭމްޕުތަކަށް ފައިސާ ލިބޭ ގޮތަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފި އެވެ.
މީރާ އިން މިގޮތަށް ނިންމީ ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލާފައިވާތީ، ބައެއް ފަރާތްތަކުން ރެވެނިއު ސްޓެމްޕު ގަނެ، އޭގ ެބޭނުން ނުހިފި ހުންނާނެތީ އެވެ.
އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު މިދިޔަ ޖުލައި މަހު އުވާލުމާއިގުޅިގެން ރަސްމީ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން މިހާރުވަނީ ހުއްޓާލާފަ އެވެ.
މިކަމާއިގުޅިގެން މީރާ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ގާނޫނުގެ ދަށުން އެ އޮތޯރިޓީން ވިއްކާފައިވާ ސްޓޭމްޕުގެ ތެރެއިން ބޭނުން ނުކޮށް ހުރި ސްޓޭމްޕް ރީފަންޑު ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެކަމަށް އެދޭ މީހުން އަންނަ ނޮވެމްބަރު 15 ގެ ކުރިން އެކަމަށް އެދި ހުށަހެޅޭނެ ކަމަށް ވެސް ބުންޏެވެ.
އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވައިލަނީ، 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނެއް ކަމަށް ވެފައި، އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕު ޖެހުމުގެ ނިޒާމު ހިންގުމަށް ޓަކައި ހިނގާ ހަރަދާ އަޅައިބަލާ އިރު ލިބޭ އާމްދަނީ އަކީ އެކަށީގެންވާ އާމްދަނީއެއް ކަމުގައި ނުވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް