މި ބިންމަތީގައި ފަސާދައާއި ނުބައި ހުރިހާ ކަމެއް ފާޅުވަނީ އިންސާނާގެ ނުބައި ޢަމަލުތަކުގެ ސަބަބުން: ޚުތުބާ

މި ބިންމަތީގައި ފަސާދައާއި ނުބައި ހުރިހާ ކަމެއް ފާޅުވަނީ އިންސާނާގެ ނުބައި ޢަމަލުތަކުގެ ސަބަބުން ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ބުނެފި އެވެ. "ފާޙިޝް ޢަމަލުތަކާ ދުރުހެލިވާށޭ" މި މަޢުޟޫއަށް ރާއްޖޭގެ...

20 Aug 2021 | 08:00

މި ބިންމަތީގައި ފަސާދައާއި ނުބައި ހުރިހާ ކަމެއް ފާޅުވަނީ އިންސާނާގެ ނުބައި ޢަމަލުތަކުގެ ސަބަބުން ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ބުނެފި އެވެ.

"ފާޙިޝް ޢަމަލުތަކާ ދުރުހެލިވާށޭ" މި މަޢުޟޫއަށް ރާއްޖޭގެ ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ހުކުރު ޚުތުބާގައި ވަނީ މާތްﷲ ގެ ވަހީ ބަސްފުޅުން ދަލީލު ދައްކާފަ އެވެ.

އެގޮތުން "އިންސާނާ ދިރުއުޅޭ ވެށި ތަޣައްޔަރުވެ، ފަސާދަވެ، އުނދަގޫތަކާ ކުރިމަތިލާން ޖެހެނީ އިންސާނާގެ އަތުން ކޮށްއުޅޭ ޢަމަލުތަކުގެ ސަބަބުންކަން އެނގޭ" ކަމަށް ވަނީ ބުނެފަ އެވެ.

އިންސާނާ ފަސާދަކޮށްފައިވާ އޭނާގެ ޢަމަލުތައް ހެޔޮކޮށް، އޭނަގެ އަމިއްލަ ންފުސު އިސްލާހުކޮށް، ދިރިއުޅޭ ވެށި ސާފުތާހިރުކޮށްފި ނަމަ، އެ ހުރިހާ ކަމެއް އަލުން ރަނގަޅުވާނެކަން އެނގޭ ކަމަށާއި އެއީ އޭނާގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

"ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓާނަމަ، މުޖުތަމައު އިސްލާހުވެ، ސިއްހަތަށް ރައްކާތެރިކަން ލިބޭނެ. އެއާއި ޚިލާފަށް ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަ ނަމަ، ބަލިމަޑުކަމާއި ނާމާންކަން ފެތުރޭނެ." ޚުތުބާގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް