ޓެކްނިކަލް ސަބަބަކާ ހެދި ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުން މިއަދު މެދުކަނޑާލައިފި އެވެ.
ސްޓެލްކޯ އިން ބުނީ މިއަދު ކަރަންޓު ދިނުމަށް ނިންމާފައިވާ ހިޔާފްލެޓްތަކުގެ 3 އަދި 4 ވަނަ ޓަވަރުގެ ލިފްޓްތަކަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަރަންޓު ދިނުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމީ އެޗްޑީސީގެ މަޝްވަރާގެ މަތިން ކަމަށެެވެ.
އެޗްޑީސީން މިހާރު ގެންދަނީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެ 2 ޓަވަަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނެ ދުވަހެއް، އެ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައި ވެއެވެ.
https://twitter.com/STELCOMALDIVES/status/1428604602065121290
ސްޓެލްކޯ އިން އަންނަނީ ވަކިތާވަލަކާއި އެއްގޮތަށް ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދެމުން ނެވެ. އެގޮތުން މިހާރު ވަނީ 7، 8، 11 އަދި 12 ވަނަ ޓަވަރަށް ގުޅުން ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް