އިންޑިއާގެ މަހާރާޝްޓްރާގެ ސިނަމާތައް ނުހުޅުވާ މައްސަލައިގަ ވަރުން ދަވަން ވަރަށް ބޮޑަށް ދެރަވެއްޖެ އެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މަހާރާޝްޓްރާގެ ވެރިރަށް އަދި އިންޑިއާގެ ވިޔަފާރީގެ ހަބް މުމްބާއީ ބަންދުކޮށްފައި އޮތުމަށްފަހު މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ހުޅުވާލާފައިއެވެ. އެގޮތުން ފިހާރަތކާއި ޝޮޕިން މޯލްތަކާއި އޮފީސްތަކުގެ އިތުރުން މީހުން އެއްވެ އުޅޭ ދާރުލް އާސާރުތަކުގެ އިތުރުން ކާފިއުވެސް ވަނީ އުވާލާފައި އެވެ.
އެކަމަކު ސިނަމާތަކާއި ތިއޭޓަރުތައް ހުޅުވާފައެއްނުވެ އެވެ. މިކަމުގެ ސަބަބުން ބޮލީވުޑަށް ބޮޑު ގެއްލުމަކާއި ކުރިމަތިވަމުންނެވެ.
އެހެން ބައެއް ބޮލީވުޑް ތަރިންވެސް ކަނބޮޑުވުން ފާޅުކޮށްފައިވާ މި މައްސަލައިގަ ވަރުން ވާހަކަދެއްކީ ކާރުގައި ދަނިކޮށް ޓްރެފިކް ބާރު ބޮޑުވެގެން މަގުމަތީގައި ކާަރުގައި އިންނަން ޖެހުނު އިރު ގިނަވެގެންނެވެ. ވަރުން އިންސްޓަގްރާމްގައި ބުނެފައިވަނީ އެހެން ހުރިހާ ހިދުމަތެއް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެކަމަކު ތިއޭޓަރުތައް އަދިވެސް ނުހުޅުވާކަމަށާއި އެއީ ކީއްވެތޯއެވެ. އަދި ވަރަށް ދެރަވެފައި އިންނަ އިމޯޖޯއެއް ހިއްސާކޮށްފައިވެއެވެ.
މީގެ ކުރިން އަޖޭ ދޭވްގަންވެސް ވަނީ މި މައްސަލައިގަ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ. އަޖޭ ބުނީ މުމްބާއީ ގާތްގަނޑަކަށް މިހާރު އާންމު ހާލަތަށް އައިސްފައިވާއިރު ތިއޭޓަރުތައް ހުޅުވާލަން ޖެހޭ ކަމަށެވެ. އެހެން ހިދުމަތްތަކެކޭ އެއްގޮތަށް އެތަންތަންވެސް ހުޅުވާލާނެ ކަމަށް އުންމީދު ކުރާ ކަމަށް އަޖޭ ބުންޏެވެ.
މަޝްހޫރު ޑައިރެކްޓަަރުންނާއި ފިލްމީ ތަރިން ފެނިގެންދިޔަަ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ކޯވިޑާއި ގުޅިގެން އޮންލައިންކޮށް ރިލީޒް ކުރަން ޖެހުމުން ބޭނުންވާ ވަރުގެ ތަރުހީބު ފިލްމުތަކަކަށް ނުލިބެ އެވެ. އަދި އާމްދަނީވެސް ވަރަށް ދަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް