އިތުރު 553 މީހުން ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފި

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 297،000 އަށް އަރައިފި އެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި އެންމެ ފަހުން ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު 553...

20 Aug 2021 | 06:09

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 297،000 އަށް އަރައިފި އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި އެންމެ ފަހުން ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު 553 މީހަކު ޖަހާފައިވެ އެވެ.

އޭގެ ތެރެއިން 374 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަތޮޅު ތެރެއިން 179 މީހަކު ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހާފައިވެ އެވެ.

މިއާއި ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 297،556 އަށް އަރާފައި އެވެ.

އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 2،764 މީހުންނެވެ. އޭގެ ތެރެއިން 1،629 މީހުން ފުރަތަމަ ޑޯޒު ޖެހީ މާލެއިންނެވެ. އަނެއް 1،135 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ އަތޮޅު ތެރޭގެ ވެކްސިން ސެންޓަރު ތަކުންނެވެ.

އިއްޔެ ފުރަތަމަ ޑޯޒު ޖެހި މީހުންނާއި އެކު ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި އަދަދު ވަނީ 359،647 އަށް އަރާފަ އެވެ.

ރާއްޖޭގައި މިހާރު ދެމުން ދަނީ އެސްޓްރަޒެނިކާ ވެކްސިން އާއި ފައިޒާ ވެކްސިން އަދި ސިނޮފާމް ވެކްސިން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް