ގަވައިދާ ޚިލާފަށް ވިޔަފާރި ކުރަމުން ދިޔަ އިތުރު ދެ ބިދޭސީއަކު އަތުލައިގެންފިއެެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ގަވައިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން ދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން މިރޭ ހުޅުމާލޭގެ06 ތަނެއް ބަލާއި އިތުރު ދެ ބިދޭސީއަކު އަތުލައިގެންފިއެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި ކުދި އަދި މެތުފަންތީގެ ވިޔަފާރީ ކުރަމުންދާ ފަރާތަށް ހޯދުމަށް އިމިގްރޭޝަނުން ފެށި އޮޕަރޭޝަން އަދިވެސް ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ. މިގޮތުން އިމިގްރޭޝަންގެ އެ އޮޕަރޭޝަން ފުޅާ ކުރުމަށް ވަނީ "އިމިގްރޭޝަން ވޮޗް" ވެސް ތާރަފްކޮށްފައެވެ.
މީގެ ސަބަބުން ގަވައިދާ ޚިލާފަށް ވިޔަފާރީ ކުރަމުން ދާ ބިދޭސީންނާއި، އިމިގްރޭޝަނާއި ގުޅުން ހުރި އިތުރު މައްސަލަތައް ރިޕޯޓު ކުރުމަށް ވަނީ ފަސޭހަވެފައެވެ.
އިމިގްރޭޝަނުން ބުނީ، އާއްމުންގެ ފަރާތުންވެސް މި އޮޕަރޭޝަނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި ކަމަށެވެ.
މިގޮތުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ މި އޮޮޕަރޭޝަންގައި ވަނީ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް