ހުޅުލެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 14:58 ހާއިރު ކަމަށެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
އެގޮތުން، އަލިފާންގަނޑު ނިއްވާލެވިފައިވަނީ މިއަދު ހަވީރު 15:46 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އެ ލޯންޗުގެ އިންޖީނާއި އިންޖީން ރޫމަށް ވަނީ ގެއްލުން ވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް