އިސްރާއިލް އަންހެނެއް އޭނާގެ 6 އަހަރުގެ ދަރިފުޅަށް ކޯރާޑިއަކުން ހަމަލާދީ މަރާލައިފި

އިސްރާއީލްގެ އަންހެނެއް އޭނާގެ ހަ އަހަރުގެ ފިރެހެން ދަރިފުޅަށް ކޯރާޑިއަކުން ހަމަލާދީ މަރާލާއިފިއެވެ. އޭނާ ދަރިފުޅު މަރާލުމަށް ފަހު ލެޔާ ތަތްތެޅިވެ ހުރެ ވަނީ މޯލްއަކަށް ވަދެ މޯލްގައި ހުރި ސެކިއުރިޓީއަށ...

20 Jul 2024 | 05:56

އިސްރާއީލްގެ އަންހެނެއް އޭނާގެ ހަ އަހަރުގެ ފިރެހެން ދަރިފުޅަށް ކޯރާޑިއަކުން ހަމަލާދީ މަރާލާއިފިއެވެ.

އޭނާ ދަރިފުޅު މަރާލުމަށް ފަހު ލެޔާ ތަތްތެޅިވެ ހުރެ ވަނީ މޯލްއަކަށް ވަދެ މޯލްގައި ހުރި ސެކިއުރިޓީއަށްވެސް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައެވެ.

ކުއްޖާގެ ހަށިގަނޑު ފުލުހުންނަށް ފެނުނީ، އެ އަންހެން މީހާ މޯލްގެ ސެކިއުރިޓީއަށް ހަމަލާ ދިނުމަށް މަސައްކަތް ކުރުމުން ހައްޔަރުކުރުމަށް ފަހު ތަހުގީގު ކުރަމުން ދަނިކޮށެވެ.

ސޯސަލް މީޑިޔާގައި ދައުރުވާ ބައެއް ވީޑިޔޯތަކުން ފެންނަ ގޮތުން އޭނާ މޯލްއަށް ވަނުމަށް މަސައްކަތް ކުރީ ކުއްޖާ މަރާލި ކަމަށް ބެލެވޭ ކޯރާޑި ހިފައިގެންނެވެ. އަދި އޭނާގެ މުޅި ގައި އޭރުވެސް ވަނީ ލެއިން ތަތްތެޅިފައެވެ.

ފުލުހުން ބުނާ ގޮތުގައި އެ އަންހެން މީހާގެ އުމުރަކީ33 އަހަރެެވެ.

މި ހާދިސާގައި ސެކިއުރިޓީ ގާޑަށްވެސް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފައެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ކުއްޖާގެ ފުރާނަނެތް މަސްގަނޑު ފެނިފައިވަނީ ކުއްޖާގެ މާމައަށްށެވެ.

ފުލުހުން ބުނީ އެގެއިން ކުއްޖާގެ އިތުރުން ޒަހަމްތަކަކާއި އެކު މަރާލާފައިވާ ކުއްތާއެއްވެސް ވަނީ އެ އަންހެން މީހާ ދިރިއުޅޭ ގެއިން ފެނިފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް