މާލެ އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު އަނެއްކާވެސް ތަޅާލައިިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ކޭއެފްސީގެ ބިއްލޫރިގަނޑު ރޭ ގާބުރިއަކުން ޖަހާ ތަޅާލައިފައިވަނީ4:32 ހާއިރު ކަމަށެވެ.
މި މަހު 16 ވީ އަންގާރަ ދުވަހުގެ ރޭ ތިނެއް ޖަހާލާހާއިރުވެސް ވަނީ އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.
މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް