ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގާ ޔޫކްރޭނަށް އިތުރު ހަތިޔާރު ފޯރުކޮށްދޭން ޕާކިސްތާނުން ނިންމައިފިއެވެ.
ޕާކިސްތާނުން މި ނިންމުން ނިންމާފައިމިވަނީ ޔޫކްރޭންގެ ހާރިޖީ ވަޒީރު ދިމިތުރޯ ކުލޭބާ ޕާކިސްތާނަށް ޒިޔާރަތްކުރައްވަމުންގެންދަވާ ދަނޑިވަޅެއްގައެވެ.
ރަޝިޔާ-ޔޫކްރޭން ހަނގުރާމަ ކުރިއަށްދަނިކޮށް މީގެ ކުރިންވެސް ޕާކިސްތާނުން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދީފައިވެއެވެ.
ޕާކިސްތާނުގެ އިގްތިސާދީ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި ޔޫކްރޭނަށް އެ ގައުމުން ހަތިޔާރު ފޯރުކޮށްދެނީ އެކަމަށް އަޑި ނޭނގޭ ފައިސާގެ ޑީލެއްގެ ދަށުންކަމަށް ބައިނަލްއަގްވާމީ މަސްރަހުގައި ބައެއް އެހެން ގައުމުތަކުން އަންނަނީ ސިފަކުރަމުންނެވެ.
ރަޝިޔާ-ޔޫކްރޭން ހަނގުރާމައަށް އަހަރަކާއި ހަތަރު މަސް ފުރިފައިވާއިރު ހަނގުރާމައިގެ މަސްރަހަށް އެއްވެސްވަރެއްގެ ފިނިކަމެއް އައިސްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް