އިންޑިއާއަށް އެތެރެވާ ފަރާތްތައް ރޭންޑަމް ކޮވިޑު ޓެސްޓް ހެދުން ހުއްޓާލައިފި

އެހެން ގައުމުތަކުން އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުގެ ވަކި ޕަސެންޓެއް ރޭންޑަމް ކޮވިޑު ޓެސްޓް ކުރާގޮތަށް އޮތް އޮތުން އިންޑިއާއިން ނިމުމަކަށް ގެނެސްފިއެވެ. މިގޮތަށް އަމަލުކުރަން ފަށަން ނިންމާފައިވަނީ...

20 Jul 2023 | 17:40

އެހެން ގައުމުތަކުން އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުގެ ވަކި ޕަސެންޓެއް ރޭންޑަމް ކޮވިޑު ޓެސްޓް ކުރާގޮތަށް އޮތް އޮތުން އިންޑިއާއިން ނިމުމަކަށް ގެނެސްފިއެވެ.

މިގޮތަށް އަމަލުކުރަން ފަށަން ނިންމާފައިވަނީ މާދަމައިން ފެށިގެންނެވެ.

މިހާރު އަމަލުކުރަމުން އަންނަ ގޮތަކީ އިންޑިއާއަށް އެތެރެވާ ފަރާތްތަކުގެ ތެރެއިން ދެ އިންސައްތަ މީހުން ކޮންމެ ދުވަހަކު ރޭންޑަމްކޮށް ސެލެކްޓްކޮށް ކޮވިޑަށް ޓެސްޓް ކުރުމެވެ.

އިންޑިއާއިން މި ބަދަލު ގެނެސްފައިވާއިރު ކޮވިޑާއި ގުޅިގެން ކުރިންވެސް އެކުލަވާލާފައިވާ ބައެއް ގައިޑްލައިންސްތަކަށް ބަދަލު ގެނެސްފައެއް ނުވެއެވެ. އެގޮތުން  އިންޑިއާއަށް ދަތުރުކުރާއިރި ކޮވިޑު ވެކްސިން ޖަހާފައިވުން ލާޒިމު ކުރުމާއި ދަތުރުކުރާއިރު ކޮވިޑުގެ އަލާމާތްތައް ހުރި ނަމަ ޕްރޮޓޮކޯލާއި އެއްގޮތަށް އެކަހެރި ކުރުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް