ނޫސްވެރިންނާއިމެދު ފުލުހުން އަމަލުކުރިގޮތް ފުލުހުން ބަލަނީ

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި ޖުމްހޫރީ މައިދާނަށް މިއަދު ޕީޕީއެމް/ޕީއެންސީ ލީޑަރުން އެއްވުމުން އެކަން ކަވަރުކުރަން ދިޔަ ނޫސްވެރިންނާއިމެދު ފުލުހުން އަމަލުކުރިގޮތް ފުލުހުން ބަލަމުން އަންނަ ކަމަށް...

20 Jul 2023 | 17:02

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި ޖުމްހޫރީ މައިދާނަށް މިއަދު ޕީޕީއެމް/ޕީއެންސީ ލީޑަރުން އެއްވުމުން އެކަން ކަވަރުކުރަން ދިޔަ ނޫސްވެރިންނާއިމެދު ފުލުހުން އަމަލުކުރިގޮތް ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު އެ ސަރަހައްދަށް ދިޔަ ނޫސްވެރިން އެ ނޫސްވެރިންގެ އިކުއިޕްމަންޓްސްއާއެކު ކޮއްޕާ ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައިވަނީ ދައުރުވެފައެވެ.

ފުލުހުންގެ އެ އަމަލަށް ގިނަބަޔަކު ފާޑުކިޔަމުން އަންނައިރު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު ޖުމްހޫރީ މައިދާނުގައި މުޒާހަރާ ކަވަރުކުރަމުންދިޔަ ނޫސްވެރިންނާއިމެދު އަމަލުކުރިގޮތް އަންނަނީ ބަލަމުން ކަމަށެވެ.

އެ އަމަލު ހިންގި އެސްއޯ ފުލުސް ސަސްޕެންޑްކޮށް އެ މައްސަލަ ބަލަން އަންގާފައިވާނެކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް އަދަދު ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް