ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށް ގުރައިދޫއިން ގޯތި ދޫކުރަން އިއުލާނު ކޮށްފި

ކ. ގުރައިދޫގެ ބިން ހިއްކުމުންވެސް ކައުންސިލުން ގޯތި ދޫ ނުކުރާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށް، އެރަށުން ގޯތި ދޫކުރަން ކައުންސިލުން އިއުލާނު ކ...

20 Jul 2023 | 14:51

ކ. ގުރައިދޫގެ ބިން ހިއްކުމުންވެސް ކައުންސިލުން ގޯތި ދޫ ނުކުރާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށް، އެރަށުން ގޯތި ދޫކުރަން ކައުންސިލުން އިއުލާނު ކޮށްފިއެވެ.

ރައީސްގެ ކެމްޕޭނަށް ގުރައިދޫއަށް ވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން، ބިން ކަނޑާ، ރައްޔިތުންނަށް ދޫކުރުމަކީ ކައުންސިލްގެ ޒިންމާގައި އޮތް ކަމެއްކަމަށް ވީއިރު، ގުރައިދޫގެ ބިން ހިއްކުމުންވެސް ގޯތި ދޫނުކޮށް އޮތުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

އަދި ސަރުކާރުން ބޮޑު ބިމެއް ހިއްކާދީފައި ވާއިރު އަދި ރައްޔިތުން ބޯހިޔާވަހިކަމަށް ބޭނުންވާއިރު ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެކަން ކައުންސިލަށް ނުކުރެވޭނަމަ، ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުރައިދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގުރައިދޫގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ގުރައިދޫން އިން ދިރިއުޅުމަށް ބަންޑާރަ ގޯތިދޫކުރުމަށް، ކައުންސިލްގެ ހަތަރުވަނަ ވަނަ ދައުރުގެ 107 ވަނަ އާއްމު ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށެވެ.

ގެޒެޓް ކުރެވިފައިވާ އުސޫލާއި އެއްގޮތަށް ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ ސަރަހައްދުން 1051 އަކަފޫޓުގެ 276 ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލާފައި ވާކަމަށް ގުރައިދޫ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް