ހއ. މާރަންދޫގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙު ބޭއްވި ޖަލްސާގައި، ވެރިކަމަށް އައުމަށްފަހު ސަރުކާރު ބަދަލު ކުރުމުގެ ވިސްނުން ދޫކޮށް ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ ވެރިކަން ދަމަހަށްޓައިގެންކަމަށް ވިދާޅުވެއްޖެއެވެ.
ރައީސް ޞޯލިޙު ވިދާޅުވީ ސަރުކާރު ބަދަލު ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫންކަމެށެވެ. ނަމަވެސް، ޕާޓީ ތެރޭގައި، ވެރި ކަމުގެ ތިބެވެސް ވެރިކަން ބަދަލު ކުރުމުގެ ވިސްނުން އެބަހުރި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ހަރުލާފައި ނުނެއްޓި ހުރި ކަންތައްތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މި ދެންނެވިހެން އަޅުގަނޑުމެން މަސައްކަތް ކުރަންވީ ސަރުކާރު ދެމެހެއްޓުމަށް. އަބަދު ސަރުކާރު ބަދަލު ކުރާ ބައެއްގެ ގޮތުގައު ނުތިބެ، ރައްޔިތުންނަށް ކޮށްދެން ފަށައިފައި ހުރި މަސައްކަތްތަށް ނިންމުމަށްޓަކައި." ރައީސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރަށް، އެލްޖީއޭ މެދުވެރިކޮށް މިހާރު ޤައުމުގެ ހާލަތު ހުންނެވިގޮތް ބެލުމަށް މުޅި ރާއްޖޭއިން ސާރވޭއެއް ހަދައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ސާރވޭއިން އެންމެ ފުރަތަމަ ނިކަމެތި އިދާރާތަކުން ފެށިގެން ހުރިހާ ރަށެއްގެ ވަކިވަކިން ހާލަތު ބަޔާންކޮށް ލިސްޓެއް ތައްޔާރު ކުރެވި، އެ ލިސްޓާ އެއްގޮތަށް މަސައްކަތް ކުރިއަށް ދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާރަންދޫ އަށްވެސް އިތުރަށް ބޭނުންވާ ތަރައްގީގެ މަސްރޫއުތަށް ގެންނާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.
އޭގެ ތެރޭގައި އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، ސިއްހީ މަރުކަޒު 24 ޖަޑި އިރަށް ބަދަލު ކޮށް، އެތަނަ ބޭނުންވާ މުވައްޒަފުން ހޯދުމާއި އަދި ލެބޯޓްރި ގާއިމްކުރާނެ ކަމުގެ ޔަގީން އެ ރަށުގެ ރައްޔިތުންނަށް ރައީސް އެރުވިއެވެ. ހަމައެފަދައިން، ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދޭނެކަމަށާއި އޭޓީއެމްގެ ހިދުމަތްވެސް ފޯރު ކޮށްދޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް