ޖެނެރަލް މެނޭޖަރުންގެ ފޯރަމް އޮކްޓޯބަރުގައި

މި އަހަރުގެ ޖެނެރަލް މެނޭޖާސް ފޯރަމް (ޖީއެމް ފޯރަމް) އަންނަ އޮކްޓޯބަރ މަހު ބޭއްވުމަށް ނިންމައިފިއެވެ. މި ފޯރަމް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގައި ނަމަވެސް މިހާރު ވަނީ އޮކްޓޯބަރ...

20 Jul 2023 | 06:26

މި އަހަރުގެ ޖެނެރަލް މެނޭޖާސް ފޯރަމް (ޖީއެމް ފޯރަމް) އަންނަ އޮކްޓޯބަރ މަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ފޯރަމް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގައި ނަމަވެސް މިހާރު ވަނީ އޮކްޓޯބަރ މަހަށް ފަސްކޮށްފައެވެ. އެގޮތުން މި ފޯރަމް މިއަހަރު 19 އޮކްޓޯބަރ މޯލްޑިވްސް ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ޖީއެމް ފޯރަމް އިންތިޒާމްކުރާ ހޮޓެލިއަރ މޯލްޑިވްސްއިން ބުނެފައިވެއެވެ.

މިއަހަރުގެ ފޯރަމްގެ ޝިއާރަކީ "އިނޮވޭޝަން އެންޑް ޓެކްނޮލަޖީ ފޯރ ސަސްޓެއިނެބިލިޓީ" އެވެ. މި ޝިއާރުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާ ގުޅޭ މަޝްވަރާތައް ކުރާނެކަމަށް ހޮޓެލިއަރ މޯލްޑިވްސްއިން ބުނެއެވެ.

ހޮޓެލިއަރ މޯލްޑިވްސްއިން ބުނީ ވަކި ޚާއްސަ ޝިއާރެއް ކަނޑައަޅައިގެން ފޯރަމް ކުރިއަށް ގެންދިއުމަކީ މިއަހަރު މުޅިން އަލަށް ފޯރަމްގައި ކުރާ ކަމެއް ކަމަށެވެ. އަދި ދެން ކޮންމެ އަހަރަކުވެސް ފޯރަމް ކުރިއަށްގެންދާނީ މިގޮތަށް ވަކި ޝިއާރެއް ކަނޑައަޅައިގެންކަމަށް އެ ހޮޓެލްއިން ބުނެއެވެ.

ޖީއެމް ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ.

މި ފޯރަމްގެ ބޭނުމަކީ ރިސޯޓު ހިންގުމާއި އަދި އާންމުކޮށް ރާއްޖެއާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ފުރުޞަތުތަކާއި ބެހޭގޮތުން މަޢުލޫމާތާއި އަދި ޚިޔާލު ބަދަލު ކުރުމާއި މިދާއިރާގައި އިސްކޮށް މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ހުޅުވާލުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް