ސިންގަޕޫރުގައި ސިޔާމް އާއި ސިޔާމްގެ ޕާސްޕޯޓް ތާށިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފި އެވެ. ސަން ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރަށް ވަޑައިގަތުމުން ހިފެހެއްޓީ މިދިޔަ ހޯމަ ދުވަ...

20 Jul 2023 | 05:59

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފި އެވެ.

ސަން ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރަށް ވަޑައިގަތުމުން ހިފެހެއްޓީ މިދިޔަ ހޯމަ ދުވަހު ހިލްޓަން މައްސަލައާ ގުޅިގެންނެވެ.

ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ސަން ކުންފުނިން ބާތިލްކުރީ 2013 ވަނަ އަހަރުގައެވެ. ހިލްޓަން ހޮޓެލްއިން އޮތީ ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސިޔާމްގެ ސަން ޓްރެވަލްސްއަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް އަންގައިފަ އެވެ.

އެހެން ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅައިފަ އެވެ. ސިޔާމް ސިންގަޕޫރަށް މި ވަޑައިގަތީ އެ މައްސަލަ ސިންގަޕޫރުގެ ހައި ކޯޓުގައި ކުރިއަށް ގެންގޮސް ތިން މަސް ތެރޭގައި ފައިސާ ދައްކަން އަންގާފައި އޮއްވާކަން އެނގިފައިވެއެވެ.

ސިޔާމް ސިންގަޕޫރުގައި ފުރުމުން މަނާކުރުމުން، އެނބުރި ވަޑައިގަތުމަށް ގެންދަވަނީ ގާނޫނީ މަރުހަލާތައް ފުރިހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން 2017 ވަނަ އަހަރު ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފައެވެ. ނަމަވެސް އެ ހުކުމް ހައި ކޯޓުން ބާތިލުކުރުމުން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ނިމުނީ ހިލްޓަން ކޮޅަށެވެ.

މީގެ އިތުރަށް، ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފެހެއްޓިއިރު، ސަން ޓްރެވަލްސް ކުންފުނިން ހިލްޓަން އިންޓަނޭޝަނަލަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދައްކަން ސިންގަޕޫރު އާބިޓްރޭޝަނުން އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލާގައި ރާއްޖޭގެ ސިވިލް ކޯޓުން ވެސް ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރުނެވެ.

ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުން އަމުރުކުރީ އެ މައްސަލާގައި ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކޮށްގެން ވެސް ފައިސާ ނުލިބުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް