ވިލިމާލެއިން ސްޓެލްކޯއަށް އިތުރު ބިމެއް ދޭން މާލޭ ސިޓީ ކައުންސިލުން ދެކޮޅު

އިތުރު ޓްރާސްފޯމަރެއް ވިލިމާލޭގައި ބެހެއްޓުމަށް ވިލިމާލޭ އިންޖީނުގެއާއި ޖެހިގެން އޮތް ބިން ސްޓެލްކޯއަށް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދައިފިއެވެ. އެ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި އެ...

20 Jul 2023 | 05:58

އިތުރު ޓްރާސްފޯމަރެއް ވިލިމާލޭގައި ބެހެއްޓުމަށް ވިލިމާލޭ އިންޖީނުގެއާއި ޖެހިގެން އޮތް ބިން ސްޓެލްކޯއަށް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދައިފިއެވެ.

އެ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި އެކަމާއިމެދު ހިޔާލު ހޯދުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުޅުވާލުމުން ޓްރާންސްފޯމަރު ބެހެއްޓޭނެ އިތުރު ބިންތައް ވިލިމާލޭގައި ހުރި އިރު ޖެހިގެން އޮތް ބިން ހޯދަން އެދުމުން އެކަމާއި ވިލިމާލޭ ދާއިރާގެ މެންބަރު ނަހުލާ އަލީ ސުވާލު އުފެއްދެވިއެވެ. އަދި އެއީ ޓްރާންސްފޯމަރު ބެހެއްޓުމުގެ ނަމުގައި ޖާގަ އިތުރުކޮށް ޖާގަ ބޮޑު ކުރުމަށް ކުރަން އުޅޭ ކަމެއް ކަމުގައި ތުހުމަތު ކުރެއެވެ.

އެގޮތުން ކައުންސިލުން ފާސްކުރީ މިހާރު އިންޖީނުގެ ހިންގާ ބިމުގައި ޓްރާންސްފޯމަރު ބެހެއްޓުމަށް އެންގުމަށެވެ. އަދި އެތަނުގައި ނުބެހެއްޓޭނަމަ އިތުރަށް މަޝްވަރާ ކުރުމަށެވެ.

ސްޓެލްކޯއިން އެދިފައި ވަނީ ވިލިމާލޭގެ ކަރަންޓު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އިންޖީނުގެ އާ އިންވެގެން 30 އަކަފޫޓު ދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް