ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން ރޭ ކުރިއަށްގެންދިޔަ އިހްތިޖާޖުގެ ތެރެއިން 14 މީހަކު ހައްޔަރުކޮށްފިއެވެ.
ރައީސް ޔާމީންގެ ދިފާއުގައި ކޮންމެ ދުވަހަކުހެން ބާއްވާ އިހްތިޖާޖު ތަކުން ދަނީ އެމަނިކުފާނުގެ ސަޕޯޓަރުން ހައްޔަރު ކުރަމުންނެވެ.
އެގޮތުން ރޭ ބޭއްވި އިހްތިޖާޖުން ވެސް ނިކުތް މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ. އިދިކޮޅު ކޯލިޝަނުން ބުނީ ރޭ ހައްޔަރުކޮށްފައި ވަނީ 11 ފިރިހެނުންނާއި ތިން އަންހެނުން ކަމަށެވެ.
މި ފަދަ އިހްތިޖާޖުތައް ކުރިޔަށް ދިޔުމާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ އެމްޑީޕީގެ ޖަލްސާއެއްގައި މުޒާހަރާ ކުރާ ފަރާތްތަކަށް އިންޒާރު ދެއްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ޕީޕީއެމް އިން ކަނޑައަޅާފައިވާ ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތް ލަސްވަމުން ދާތީ ޕީޕީއެމް އާއި ރައީސްގެ ސަޕޯޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އަދިވެސް އިސްތިއުނާފު އަޑުއެހުމެއް ތާވަލް ކޮށްފައެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް