އައިޖީއެމްއެޗްގައި ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ބައެއް ނަގައިފިއެވެ.
އެކަން ހާމަކޮށްފައި ވަނީ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ކޮށްފައިވާ ޓްވީޓެއްގައިއެވެ.
އެ ޓްވީޓްގައި އޭނާ ވިދާޅުވީ، އެ ހޮސްޕިޓަލުގެ ދަ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރެޓޮރީ މެޑިސިން ޓީމުން، ކުޑަ ކުއްޖެއްގެ ކަނާތު ފުއްޕާއިން ކުޅެން ގުންގުޅޭ ސޮފްޓް ޓޯއީއެއްގެ އަޑު ގޮވާ ތަންކޮޅު ނަގާފައިވާ ކަމަށެވެ.
"އެ ކުއްޖާ އުޅުނީ އޭތި ދެ ތުންފަތް ދޭތެރޭގައި ބާއްވައިގެން ފުމުމުން އަޑު ގޮވާތީ، ކޮއްކޮއަށް އެ މަންޒަރު ދައްކަން. އެހެން ނަމަވެސް އެ ކުއްޖާއަށް އޭތި ދިރުވާލެވުނީ". ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
މީގެ އިތުރަށް، އަނގަ ތެރެއަށާއި، އަދި ދެ ތުންފަތް ދޭތެރޭގައި އެފަދަ އެއްޗެހި ލައިގެން އުޅުމީ ނުރައްކާތެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެއެވެ.
https://twitter.com/Moxamedalu/status/1681871379040468992?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1681871379040468992%7Ctwgr%5E2940e3cc53d56285edcb7d5ae039890cd98c3ffb%7Ctwcon%5Es1_&ref_url=https%3A%2F%2Fdhuvas.mv%2Fwp-admin%2Fpost.php%3Fpost%3D241294action%3Deditclassic-editor
ހަމައެފަދައިން، އޭނާ ވަނީ މިކަމުގައި ރޭޑިއޮލޮޖީ ޓީމާއި، އަދި މިކަމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތް ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް