ރޭ ދަންވަރު12 ޖަހަން ކުޑަތަންވެފައި ވަނިިކޮށް ޓިކްޓޮކް އަށް ވަދެލީމެވެ. ފެނުނީ އެހެންޏާވެސް ފެންނަ މަންޒަރެކެވެ. "ޓިކްޓޮކް ރީޝާ" ލައިވްގައި އިންދައެވެ. އުނގުމަތީގައި އޭނާގެ ކުޑަ ފިރިހެން ދަރިފުޅު އިނެވެ. އެ ލައިވްގައި އޭނާާގެ ފިރިމީހާވެސް އިނެވެ. އިރުކޮޅަކުން ފެނުނީ ރީޝާ ނިދި އަހިސްގެން ތާއްޔާ ޖެހޭ ތަނެވެ. އޭރު 'ރީޝާގެ ބޮލަށް ތަދުވަނީތޯ' ފިރިމީހާ އަހައެވެ. ކޮންމެއަކަސް އިރުކޮޅަކު އެ ލައިވް ބެލުމަށްފަހު ސްކްރޯލް ކޮށްލިީމެވެ. އޭރު ރީޝާގެ ފިރިމީހާ ވަރަށް ހަމަޖެހިލައިގެން އޮވެ ވާހަކަ ދައްކަމުން ދެއެވެ. އަދި ލައިވްގައި އިން އެހެން އަންހެނަކާ ވާހަކަ ދައްކަމުން ދެއެވެ. ޓިކްޓޮކް ލައިވްގައި ކައި ބޮއެ ފާހާނާކޮށް ހަދަނީ އެމީހުން އެކަނި ނޫން ކަމަށާއި، އެއީ މައްސަލައެއް ނޫންކަމަށް ބުނަމުން ދިޔައެވެ.
އާއްމުކޮށް ޓިކްޓޮކްއަށް ވަންނަ މީހުންނަށް "ޓިކްޓޮކް ރީޝާ"އޭ ބުނުމުން އެނގޭނެއެވެ. ގިނަ ވަގުތު ލައިވްގައި އިންނާނެއެވެ. ކުރާ ގިނަ ކަންތައްތަކާއެކު ލައިވް ޖައްސާފައި ހުންނާނެއެވެ. ކުޑަ ދަރިފުޅޫ ކައިރިއަށް އަޔަސް އެމީހުން ލައިވްގައި ދައްކަމުންދާ ބާޒާރުމަތީ ބަހުރުވަޔަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
އެފަދަ ދެތިން މީހެއް ލޮލުގައި އަޅައިގަނެއްޖެއެވެ. ތުއްތު ދަރިފުޅު ނިންދަވާއިރުވެސް ލައިވް ޖައްސައިގެންނެވެ. ފަންގި ވިޔާއިރުވެސް ލައިވް ޖައްސައިގެންނެވެ. ބައެއް މީހުން އެމީހުންގެ ހަޔާތުގައި ދިމާވެފައިވާ ކަންތައްތައް ކިޔައިދެއެވެ. ފިރިމީހާ ދަރިން ގެންދިޔަ ވާހަކައެވެ. ރައްޓެހިންގެ ވާހަކައެވެ. ޖެހޭ މައްސަލަތަކުގެ ވާހަކައެވެ. މިހެންގޮސް ނަންސިފަ ހުސްކޮށް ކީދާނެއެވެ. އެއީ މިހާރު ފިސާރި ކުޅިވަރެކެވެ.
އަބަދުހެން ލައިވްގައި އިންނަ މަޝްހޫރު ސަމާ މި ލިސްޓުގައި ފާހަގަ ކޮށްލަމެވެ.
ބައެއް ފިރިހެނުންވެސް ޓިކްޓޮކް ލައިވްގައި ވަގުތު ހޭދަކުރެއެވެ. ނަމަވެސް އަންހެންވެރިން ކުރާ ހިތްވަރާ ގާތަށްވެސް ފައި ހަމަކޮށްލާތަނެއް ނުފެނެއެވެ.
ޓިކްޓޮކްގެ އެހީގައި މަޝްހޫރުވި އެތައް މީހުންނެއް ރާއްޖޭގައިވެސް އެބަތިއްބެވެ. ޓިކްޓޮކްގެ ބޭނުން ހެތޮގޮތުގައި ހިފާ މީހުންވެސް ކޮންމެވެސް ވަރަކަށް އުޅެއެވެ އަދި ކުރާ ދަތުރުތަކާއި މޭކަޕް ކުރާނެ ގޮތާއި ބުރުގާ އަޅާނެ ގޮތުގެ އިތުރުން ކަސްރަތުތަކާ ބެހޭ މައުލޫމާތުވެސް ޓިކްޓޮކްގައި ދައުރުކުރެއެވެ. އެ ހުރިހާ ވާހަކަތަކަކީ ހަގީގަތަށް ނުވި ނަމަވެސް އެމީހުން ވާ24ގަޑިއިރު ލައިވްގައެއް ނުތިބެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް