އަމީރުލް ޙައްޖު، ރާއްޖެ ވަޑައިގެންފި

1443ވަނަ އަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި،  މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގ...

20 Jul 2022 | 15:33

1443ވަނަ އަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި،  މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އަނބިކަނބަލުންވެސް ބައިވެރިވަޑައިގެންނެވިއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި ރާއްޖޭގެ އަމީރުލް ޙައްޖު މިއަދު ރާއްޖެވަޑައިގެންފައިވާއިރު، ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ ޙައްޖާޖީންގެ ތެރެއިން 157 ޙައްޖުވެރިން ވަނީ މިއަދު ހެނދުނު ރާއްޖެ އައިސްފައެވެ. އަދި މި އަންނަ ހޮނިހިރު ދުވަހު 175 ޙައްޖުވެރިން، 27 ޖުލައިގައި 117 ޙައްޖުވެރިން ރާއްޖެ އަންނާނެއެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 453 މީހަކު ޙައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ. ރާއްޖޭގެ ޙައްޖު މިޝަންއިން ހާމަކުރައްވާގޮތުގައި ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަގަޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް