މަޖީދިއްޔާ ސްކޫލް ވަށާފާރު ރޭނުމުގެ މަސައްކަތް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން މިއަދު ކުރިއަށްގެންގޮސްފައިވާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ. ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް ޑިރެކްޓަރ އަބްދުﷲ އާސިމެވެ.
މިއީ PSIP 2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި އެ ކުންފުނިން މަޖީދިއްޔާ ސްކޫލް ވަށާފާރު ރޭނުމުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 1,824,175.75ރ (އެއް މިލިއަން އަށް ލައްކަ ސައްވީސް ހާސް އެއްސަތޭކަ ހަތްދިހަ ފަސް ރުފިޔާ ހަތްދިހަ ފަސް ލާރި)އަށް މި މަސައްކަތް 40 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް