ކެޓްރީނާ އިނީ ބަލިވެކަމަށް ނުޖޫމީ އިލްމުވެރިޔަކު ބުނެފި

ބޮލީވުޑް ބަތޮލާ ކެޓްރީނާ ކައިފް އިނީ ބަލިވެކަމަށް އިންޑިއާގެ ނުޖޫމީ އިލްމުވެރިޔަކު ބުނެފިއެވެ. ބޮލީވުޑް ތަރިންގެ މިފަދަ ޒާތީ ކަންކަމުގެ ދިރާސާތައް ނުޖޫމީ އިލްމުގެ އަލީގައި ކުރުމުގައި މަޝްހޫރު ނުޖޫމީ އ...

20 Jul 2022 | 10:57

ބޮލީވުޑް ބަތޮލާ ކެޓްރީނާ ކައިފް އިނީ ބަލިވެކަމަށް އިންޑިއާގެ ނުޖޫމީ އިލްމުވެރިޔަކު ބުނެފިއެވެ.

ބޮލީވުޑް ތަރިންގެ މިފަދަ ޒާތީ ކަންކަމުގެ ދިރާސާތައް ނުޖޫމީ އިލްމުގެ އަލީގައި ކުރުމުގައި މަޝްހޫރު ނުޖޫމީ އިލްމުވެރިޔެއް ކަމަަށްވާ ސަންޖޭ ބީ ޖުމާނީ ބުނެފައިވަނީ ކެޓަށް ދަރިއަކު ލިބޭނީ 2023 ގައި ކަމަށެވެ. މިހާރު އެ އިނީ ބަލިވެ ކަމަށެވެ.

"މިހާރު އޭނާގެ އުމުރަކީ 40، މި އަހަރުވެސް ވިހާފާނެ އަންނަ އަހަރުވެސް ވިހާފާނެ، ބޮޑަށް ބެލެވެނީ އަންނަ އަހަރުހެން" ޖެހި ހިސާބެއް ޖެހުމަށްފަހު ޖުމާނީ ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މި ދުވަސްވަރު އަދި ދަރިއަކު ލިބުމުން ކުރިއަށް އޮތް ދެ އަހަރުވެސް ކެޓް ފިލްމެއް ކުޅެފާނެކަމަށް ބެލެވެން ނެތް ކަމަށެވެ.

ބޮލީވުޑް ތަރިންގެ މިފަދަ ކަންކަން ހާމަކުރާ ޖުމާނީ ކުރިން ޖަހާފައިވާ ހިސާބުތަކާ ހާމަކޮށްފައިވާ ކުރުންތައް ވަރަށް ގިނައިން ދިމާވާކަމަށް އިންޑިއާ ނޫސްތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް