ޖަރުމަނު ސަފީރުގެ މަޤާމަށާއި ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ބޭފުޅުން ޢައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖެއިން ފެޑެރަލް ރިޕަބްލިކް އޮފް ޖަރމަނީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮ...

20 Jul 2022 | 09:00

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖެއިން ފެޑެރަލް ރިޕަބްލިކް އޮފް ޖަރމަނީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

ޖަރުމަނީގެ ސަފީރުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ގަލޮޅު ޕެންޒީމާގެ 1، ޢާއިޝަތު ޝާން ޝާކިރެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް އަައްޔަން ކުރައްވާފައިވަނީ ގަލޮޅު ސަމަންތާ، އަޙްމަދު ޝިޢާން އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެބޭފުޅުންނަށް ވަނީ މަޤާމުގެ ފަތްކޮޅު ދެއްވާފައެވެ.

ޢާއިޝަތު ޝާން ޝާކިރު، ކުރިން ހުންނެވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުގައެެވެ. އަޙްމަދު ޝިޢާން ކުރިން ހުންނެވީ އެމިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީގެ މަޤާމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް