ޒީލަގަދަ އަންހެނުންނާއި ކައިވެނި ކޮށްގެން އުޅޭ 80 އިން ސައްތަ ފިރިހެނުން ޑިޕްރެޝަން ބަލި ތަހައްމަލް ކުރެވޭ - ދިރާސާ

ހަގީގަތުގައިވެސް ޒީލަގަދަ އަންހެނުންނަކީ އެމީހުންގެ ދިރިއުޅުމުގައި ގިނަ ފަހަރު ނާކާމިޔާބީއާއި ކުރިމަތިލާންް ޖެހޭ ބައެކެވެ. ޒީލަގަދަ އަންހެނުން ނަކީ އަގަ ގަދަވެފަ ނުބެހޭ ކަންތަކާއި ބެހި އެހެން މީހުންނާ...

20 Jul 2022 | 07:01

ހަގީގަތުގައިވެސް ޒީލަގަދަ އަންހެނުންނަކީ އެމީހުންގެ ދިރިއުޅުމުގައި ގިނަ ފަހަރު ނާކާމިޔާބީއާއި ކުރިމަތިލާންް ޖެހޭ ބައެކެވެ. ޒީލަގަދަ އަންހެނުން ނަކީ އަގަ ގަދަވެފަ ނުބެހޭ ކަންތަކާއި ބެހި އެހެން މީހުންނާއި ދިމާއަށް އެފަހަރަކު ހިތައް އެރި އެއްޗެއް ގޮވާލާ ބައެކެވެ. ފިރިއެއް ދަރިއެއް ރައްޓެއްސެއް އެމީހުނަކަށް ނޯވެއެވެ. ޒީލަގަދަ އަންހެނުންގެ ތެރޭގައިވެސް ރަނގަޅު އަންހެނުން ނޫޅޭ ވާހަކައެއް ނޫނެވެ. ޒީލަ ގަދަޔަސް ރަނގަޅު އަންހެނުން އުޅެއެވެ. ނަމަވެސް ގިނައީ ކުރިން މި ދެންނެވި ބާވަތުގެ އަންހެނުންކަން ގިނަބަޔަކު ގަބޫލުކުރާނެއެވެ.

ދާދި ފަހުން އެމެރިކާގެ ޔުނިވާސިޓީއަކުން ހެދި ދިރާސާ ރިޕޯޓަކުން ހާމަވާ ގޮތުގައި ޒީލަގަދަ އަންހުންނާއި ކައިވެނި ކޮށްގެން އުޅޭ ފިރިހެނުންގެ ތެރެއިން 80 އިން ސައްތަ ފިރިހެނުން ޑިޕްރެޝަން ނުވަތަ މާޔޫސް ބަލި ތަހައްމަލް ކުރެއެވެ. އެހެން ކަމުން އެފަދަ ފިރިހެނުންގެ ދިރިއުޅުމުގެ ވައްޓަފާޅި އެހެން އާދައިގެ ދިރިއުޅުން އުޅޭ ފިރިހެނުންނަށް ވުރެ އެތަކެއް ގުނަ ގޯސްކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.

ޒީލަ ގަދަ އަންހެނުންނާއި ކައިވެނިކޮށްގެން އުޅޭ 219 ވަރަކަށް ފިރިހެނުންނާއި އެކު ހެދި މި ދިރާސާއިން އެނގުނު ގޮތުގައި އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި މާ ރަނގަޅެއް ނޫނެވެ. ބައެއް ފަރާތްތަކާއި ކުރެވުނު އިންޓަވިއުތަކުން އެނގިފައިވާ ގޮތުގައި ޒީލަގަދަ އަންހެނަކާއި އެކު ދިރިއުޅުމަކީ ގަދަ ކަނޑެއްގެ ތެރޭގައި ދަތުރު ކުރުންފަދަ ކަމެކެވެ.

އެގޮތުން ބައެއް ފިރިހެނުން އެއްބަސްވެފައިވާ ގޮތުގައި ޒީލަގަދަ އަނބިންނާއި އެކު ވަގުތު ހޭދަކޮށް ދިރިއުޅުމުގެ ކަންތައް ކުރިޔަށް ގެންދަން ވަރަށް ބޮޑު ތަކްލީފެއް އުފުއްލަން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ އަންހެނުންނާއި އެކު ފިރިން އުޅެން ބޭނުންމެއް ނުވެއެވެ.

” އަހަރުމެން ޒީލަގަދަ ކަމަށް ބެލެވޭ އަންހެނުންނާއި ކައިވެނި ކޮށްގެން އުޅޭ 2019 ވަރަކަށް ފިރިހެނުންނާއި އެކު އެމީހުންގެ ދިރިއުޅުމާއި ބެހޭ ގޮތުން ސުވާލުކޮށް އިންޓަވިއުކޮށްލިން، މި އިންޓަވިއުއިން އެނގުނު ގޮތުގައި ޒީލަގަދަ އަނބިން ގެންގުޅޭ ފިފިހެނުން ޑިޕްރެޝް ވާދެއް އަވަސް. އަދި އެމީހުންގެ ދިރިއުޅުން ވަރަށް ނާކާމިޔާބު. އެފަދަ އަންހެނުން ދެކެ އެމީހުންގެ ފިރިން ނަފުރަތުކުރާކަމަށް އެމީހުން ބުނޭ. އަދި އެފަދަ އަނބިންނާއި އެކު ދިރިއުޅުން ވޭތު ކުރުމަށް ގިނަ ފިގިހެނުން ނަފުރަތު ކުރޭ”: ދިރާ ހެދުމުގައި ބައިވެރިވި ޕްރޮފެސަރަކު ކިޔައިދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް