ލިވާތު ކުރި މީހުންނާއި އެއް ޖިންސުން ގުޅުން ހިންގި މީހުންނަށް އިންޒާރެއް ދޭ ބީދައިން ހޯމް މިނިސްޓަރު އިމްރާން ބަސްފުޅެއް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިފަދަ ބަސްފުޅެއް ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އިމްރާން ވިދާޅުވެފައިވަނީ ދީނުގެ ހުދޫދު ނެތިކޮށް ގައުމުގެ އިޖްތިމައީ ފޭރާން ވީދައި، ﷲގެ ކޯފާއަށް ގައުމު ހުށަހެޅޭފަދަ ހަޑިހުތުުރު މުޑުދާރު ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށީމާ ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅު އެޅުމަކީ "އިންޝާﷲ" އޭނާ ނުކޮށް ދޫކޮށްލާނެ ކަމެއް ނޫން ކަމަށެވެ.
https://twitter.com/ShimranAb/status/1549613662658494464
އިމްރާން މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު ގިނަ ފިިރިހެނުންތަކެއް ހިމެނޭހެން ލިވާތުގެ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ދެ އަންހެނަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއްގެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް