އަހަރެން މިފަހަރު ބަނޑުބޮޑުވީ ޕާސްތާ ކައިގެން: ކަރީނާ

ބޮލީވުޑް ބަތޮލާ ކަރީނާ ކަޕޫރު އިނީ ބަލިވެކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ. ސައިފް އަލީ ޚާނަށް ދެ ދަރިން ލިބިފައިވާ ކަރީނާ މިހާރުވެސް އިނީ ބަލިވެކަމަށް ބުނެ އެ އަޑު ގަދަވީ އާންމުވި ފޮޓޯއެއް...

20 Jul 2022 | 03:43

ބޮލީވުޑް ބަތޮލާ ކަރީނާ ކަޕޫރު އިނީ ބަލިވެކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ސައިފް އަލީ ޚާނަށް ދެ ދަރިން ލިބިފައިވާ ކަރީނާ މިހާރުވެސް އިނީ ބަލިވެކަމަށް ބުނެ އެ އަޑު ގަދަވީ އާންމުވި ފޮޓޯއެއްގައި އޭނާގެ ބަނޑު ބޮޑުކަމަށް ފެންނާތީއެވެ.

އެކަން ދޮގުކޮށް ކަރީނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވަނީ މިފަހަރު އޭނާގެ ބަނޑު ބޮޑުވީ ޕާސްތާ ކައިގެން ރާ ބޮއެގެން ކަމަށެވެ. ގައުމުގެ އާބާދީ އިތުރުކުރަން ސައިފް މިހާރުވެސް ފުދޭވަރު ކޮށްދީފި ކަމަށެވެ.

ކަރީނާ މިހެން ބުނެފައިވާއިރު ކަރީނާ އާއި އޭނާގެ ފިރިމީހާ ސައިފް އަލީ ޚާން އާއި އެ ދެމަފިރިންގެ ދެ ދަރިން ކަމުގައިވާ ތައިމޫރާއި ޖަަހަންގީރު އަންނަނީ ޔޫރަޕުގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް