އަތޮޅުތެރޭގެ ކޯވިޑްގެ އަދަދުތައް 127 ގައި، ޖުމްލަ މިއަދު ޕޮސިޓިވްވީ 169 މީހުން

ރާއްޖެއިން އިތުރު 169 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން ޕޮސިޓިވްވީ 127 މީހުންކަމަށެވެ. އަދި މާލެއިން 24 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮސިޓ...

20 Jul 2021 | 17:10

ރާއްޖެއިން އިތުރު 169 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން ޕޮސިޓިވްވީ 127 މީހުންކަމަށެވެ. އަދި މާލެއިން 24 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮސިޓިވްވެފައިވަނީ 15 މީހުން ކަމަށެވެ. ދެން ޕޮސިޓިވްވެފައިވަނީ ސަފާރީތަކުން ތިން މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،932 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،619 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ އަށް މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 73،340 އަށް އަރާފައި އެވެ.

އަދި މަލީގައި މިހާތަނަށް މަރުވެފައިވަނީ 217 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 76،188 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް