އުރީދޫއިން އަލްހާ އީދު ފާހަގަ ކުރަން މާލޭ ސިޓީ ކައުންސިލާއި ގުޅިގެން އުލްހިޔާ ކަތިލައިފި އެވެ
އުލްހިޔާ ކަތިލުން ކުރިޔަށް ގެންގޮސްފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި އެވެ. މި ހަރަކާތުގައި އުރީދޫ ސީއީއޯ ނަޖީބް ހާން އާއި މާލޭ ސިޓީގެ ޑެޕިއުޓި މޭޔަރު އަހުމަދު ނަރީޝް ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން އުރީދޫ އާއި މާލޭ ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އުލްހިޔާ ކަތިލުމަށް ފަހު ބަކަރި މަސްތައް ހަދިޔާ ކުރީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ ކުދިންގެ މެންދުރު ކެއުމަށް ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.
https://twitter.com/OoredooMaldives/status/1417429892145188873
މިއީ މާލެ ސިޓީ ކައުންސިލާއި ގުޅިގެން އުރީދޫގެ ސީއެސްއާރުގެ ތެރެއިން ކުރިޔަށް ގެންދިޔަ ހާއްސަ ހަރަކާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް