ދިރާގުގެ ހާއްސަ އިވެންޓު "އީދު ސައްލާ" މިރޭ ކްލަބް ހައުސްގައި

އަލްހާ އީދާއި ދިމާކޮށް ދިރާގުން ކުރިޔަށް ގެންދާ "އީދު ސައްލާ" މިރޭ ސޯޝަލް މީޑިއާ ނެޓްވޯކް ހައުސް ކްލަބްގައި އޮންނާނެ އެވެ. "އީދު ސައްލާ - ދިވެހިންގެ އީދު" ކުރިއަށް ގެންދާނީ ޕެނަލް ޑިސްކަޝަނެއް ގޮތަށެވ...

20 Jul 2021 | 11:59

އަލްހާ އީދާއި ދިމާކޮށް ދިރާގުން ކުރިޔަށް ގެންދާ "އީދު ސައްލާ" މިރޭ ސޯޝަލް މީޑިއާ ނެޓްވޯކް ހައުސް ކްލަބްގައި އޮންނާނެ އެވެ.

"އީދު ސައްލާ - ދިވެހިންގެ އީދު" ކުރިއަށް ގެންދާނީ ޕެނަލް ޑިސްކަޝަނެއް ގޮތަށެވެ. މީގެ ބައިވެރިންނަށް މައުލޫމާތު ދޭނީ ދިވެހި ބަހުގެ އަދީބު އަބްދުﷲ ސޯދިގު (ސޯދުބެ) ގެ ހަގު ދަރިފުޅު، ދިވެހި ބަހާއި އަދަބިއްޔާތު އަދި ދިވެހި ތާރީހު ދިރާސާކުރާ ރައުފަތު ސޯދިގާއި އަޒަމް މައުމޫނެވެ. މި ޝޯ ހޮސްޓު ކުރާނީ އަންސި އަހުމަދެވެ.

ދިރާގު އީދު ސައްލާ އޮންނާނީ މިރޭ 9:00ގަ އެވެ. މި ހަރަކާތުގައި ވީހާ ވެސް ގިނަ މީހުން ބައިވެރިވުމަށް ދިރާގުން އެދެ އެވެ.

https://twitter.com/Dhiraagu/status/1416809557452460032

މި ހަރަކާތުގައި ރާއްޖޭގެ ތާރީހާ ގުޅޭ އެކި ކަންކަމާ ގުޅޭ މައުލޫމާތު ބައިވެރިންނާ ހިއްސާ ކުރާނެ ކަމަށް ދިރާގުން ބުންޏެވެ.

މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް clubhouse.com/join/dhiraagu- މެދިވެރިކޮށް ކްލަބްހައުސްއިން ބައިވެރިވެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް