"މެންގޯ ޑިޕްލޮމަސީ"ގެ ދަށުން ޝެއިހް ހަސީނާ ރައީސް ސޯލިހަށްވެސް އަނބު ފޮނުއްވައިފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ "މެންގޯ ޑިޕްލޮމަސީ ގެދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް އަނބު ފޮނުއްވައިފި އެވެ. ބޮޑުވަޒީރުގެ މި ހަދިޔާ ރަމްޒީ ގޮތުން ރައީސް ސޯލިހާއި ހަވާލު ކުރ...

20 Jul 2021 | 11:44

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ "މެންގޯ ޑިޕްލޮމަސީ ގެދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް އަނބު ފޮނުއްވައިފި އެވެ.

ބޮޑުވަޒީރުގެ މި ހަދިޔާ ރަމްޒީ ގޮތުން ރައީސް ސޯލިހާއި ހަވާލު ކުރެއްވީ ރާއްޖޭގައި ހުންނަވާ ބަންގްލާދޭޝްގެ ސަފީރު ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަންއެވެ. އަނބުތަކާ ރަމްޒީކޮށް ހަވާލުވެވަޑައިގަތީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރެވެ.

ރައީސް ސޯލިހަށް ޝެއިހް ހަސީނާ ހަދިޔާ ކުރެއްވީ 500 ކިލޯގެ އަނބެވ.ެ މިއީ ބަންގްލާދޭޝްއާ އޮންނަ ގާތް އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ހަދިޔާކުރާ އެއްޗެކެވެ.

ސަރަހައްދުގެ ގައުމުތަކުގެ ވެރިންނަށް ފޮނުއްވަމުންދަނީ ބަންގްލާދޭޝްގެ ރަންގްޕޫރް ޑިސްޓްރިކްޓްގައި ހައްދާ ހާއްސަ އަނބެއް ކަމަށްވާ "ހަރިވަންގަ" އެވެ.

އެންމެ ފަހުން ޝެއިހް ހަސީނާ އަނބު ހަދިޔާ ކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށެވެ. އެކަމަނާ ވަނީ މޯދީއަށް2،600 ކިލޯގެ އަނބު ފޮނުއްވާފައި އެވެ.

ޝައިޚް ހަސީނާ މީގެ ކުރިން ވަނީ ރަހަ މީރު ހަރިވަންގަ އަނބުގެ ހަދިޔާ ބޫޓާން، ނޭޕާލް އަދި ސްރީ ލަންކާގެ ވެރިންނަށް ވެސް ފޮނުއްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް