މިއަދު ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށް މާލޭގައި ވެހިކަލް ދުއްވުން މަނާ

މިއަދު ހަވީރު 04:00 އިން 08:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ. ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ވެހިކަލް ދުއްވުން މަނާކޮށްފައި ވަނީ މިއަދަކީ އަޟްހާ އީދުކަމުން މާލޭގައި ދިރިއު...

20 Jul 2021 | 08:06

މިއަދު ހަވީރު 04:00 އިން 08:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ވެހިކަލް ދުއްވުން މަނާކޮށްފައި ވަނީ މިއަދަކީ އަޟްހާ އީދުކަމުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހިތްހަމަ ޖެހިލައިގެން އާއިލާތަކާ އެކު ވަގުތު ހޭދަކޮށްލުމަށް ވަގުތުކޮޅެއް ދިނުމުގެ މަގްސަދުގައި ކަމަށެެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މިވަގުތުގައި އާންމު ވެހިކަލްތައް ދުއްވުން މަނާވާނެ ކަމަށާއި ނަމަވެސް ސަލާމަތީ ވެހިކަލްތަކަށާއި، ޒަރޫރީ ހާލަތްތަކުގައި ކޮންމެހެން ދުއްވަން ޖެހޭ އުޅަނދުތައް ދުއްވުމުގެ ހުއްދަ އޮންނާނެ ކަމަށެެވެ.

އެގޮތުން ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ފުލުހުންނާއި ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ހިނގާފައި އުޅޭ ގަޑިތަކުގައިވެސް ކޯވިޑްއިން ރައްކާތެރިވުމަށް ގައިދުރުކަން ބެހެއްޓުމަކީ މުހިއްމުކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް