ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ މެންދަމު 01:05 ގައި ބ. ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓުކޮށްގެން ކޯވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 91 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ރ. ދުވާފަރަށް ނިސްބަތްވާ މީހެކެވެ،
https://twitter.com/HPA_MV/status/1417341796825264131
މިއީ ކޯވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި 217 ވަނަ މީހާއެވެ. އަދި މިއީ ކޯވިޑް-19 ބަލީގައި މި މަހު ރާއްޖެއިން ނިޔާވި 6 ވަނަ މީހާއެވެ. މި ބަލީގައި އެންމެ ފަހުން މީހަކު ނިޔާވީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް